މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވި ކައުންސިލަރުން ހުވާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވި ކައުންސިލަރުން ހުވާކޮށްފި

މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވި 3 ކައުންސިލަރުން މިއަދު މަޤާމުގެ ހުވާކޮށްފިއެވެ. ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ މީރުމާގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މާލެ ސިޓީ ކައުންސިލުގެ 3 ދާއިރާއެއްގެ ގޮނޑި ހުސްވެގެން ބައި-އިލެކްޝަން ބޭއްވުނީ އެ ދާއިރާތައް ތަމްސީލްކުރައްވަމުން ގެންދެވި ކައުންސިލަރުން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެންނެވެ. މި ބައި-އިލެކްޝަން ކާމިޔާބުކޮށް، މިއަދުގެ ރަސްމިއްޔާތުގައި މާލެ ސިޓީ ކައުންސިލަރުންގެ ގޮތުގައި ހުވާކުރެއްވީ:

- ހެންވޭރު ހުޅަނގު ދާއިރާއިން ފާތިމަތު ޝައުފާ ސަލީމް
- މައްޗަންގޮޅި މެދު ދާއިރާއިން ފާޠިމަތު އިޝާން ޢަލީ
- ހުޅުމާލެ ދާއިރާއިން ޢަލީ އައިމަން

މި ބޭފުޅުންނަށް ހުވާލައިދެއްވީ ޑްރަގް ކޯޓުގެ ގާޒީ އަހުމަދު ސަމީރެވެ.

އަލަށް ހޮވުނު 3 ކައުންސިލަރުންވެސް ނިސްބަތްވަނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށެވެ.

މި ބައި-އިލެކްޝަނާއެކު މާލެ ސިޓީ ކައުންސިލުގެ ހުރިހާ ގޮނޑިއެއް ފުރިހަމަވެ، ކައުންސިލުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

މިއަދު އޮންލައިން