ލާމަރުކަޒީ ނިޒާމަށް ބަދަލު ގެންނާނީ ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯދުމަށްފަހު: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ލާމަރުކަޒީ ނިޒާމަށް ބަދަލު ގެންނާނީ ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯދުމަށްފަހު: ވަޒީރު

ލާމަރުކަޒީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނާނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށްފަހުގައި ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކުރުވުމަށްޓަކައި ލާމަރުކަޒީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ.

ލާމަރުކަޒީ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަތުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ދިރާސާއެއްގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި، އެ ދިރާސާގެ ޕްރިލިމިނަރީ ރިޕޯޓު އަންނަ ހަފްތާގައި ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ ރިޕޯޓު ބެލުމަށްފަހު ދިރާސާއާ ބެހޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ގަސްތުކުރަނީ ސިޔާސީ ޕާޓީތަކަށާއި އަމިއްލަ ޖަމިއްޔާތަކަށާއި ކައުންސިލްތަކާއި ޢާންމުންނަށް ފުރުޞަތު ހުޅުވާލައިގެން، ދިރާސާގައި ފެންނަން ހުރި މައްސަލަތަކާއި އެ ދިރާސާގައި ކަވަރު ނުކުރެވި ހުރި ދާއިރާތަކާއި ލާމަރުކަޒީ ނިޒާމުގެ ޤާނޫނުގައި ހުރި ކަންބޮޑުވުންތަކާއި ޤާނޫނީ ގޮތުން ހުރި ހުރަސްތައް ދެނެގަތުމަށް ރައްޔިތުންގެ ދަރުބާރެއްފަދަ މާޙައުލެއް އުފައްދައިގެން ދިރާސާއާ ބެހޭގޮތުން މަޝްވަރާކުރަން،" ވަޒީރު ވިދާޅުވިއެވެ.
 

މިއަދު އޮންލައިން