ސާފުތާހިރުކަމުގެ މިންގަނޑާ ޚިލާފަށް ބިދޭސީން ތައްޔާރުކޮށް ވިއްކަމުންދިޔަ ކާބޯތަކެތީގެ ތަފްސީލު މޯލްޑިވްސް އިމިގްރޭޝަނުން އާންމުކޮށްފިއެވެ.
އިމިގްރޭޝަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އަންގާރަ ދުވަހު އިމިގްރޭޝަން ވޮޗްއަށް ލިބުނު ރިޕޯޓަކާ ގުޅިގެން ކުރިއަށްގެންދިޔަ ރެއިޑެއްގައި ގިނަ އަދަދަކަށް އާންމުން ފިހާރަތަކުން ގަނެއުޅޭ ކާބޯތަކެތި ފެނިފައިވާ ކަމަށެވެ. އަދި އާންމުންގެ ގިނަ ބަޔަކު މި ކާބޯތަކެތީގެ ތަފްސީލު ހާމަކުރުމަށް އެދެމުންދިޔުމާ ގުޅިގެން އެ ތަފްސީލު އިމިގްރޭޝަނުން ވަނީ އާންމުކޮށްފައެވެ.
އިއްޔެ ކާބޯތަކެތި ތައްޔާރުކޮށް ވިޔަފާރިކުރަމުންދިއަ ގެއެއް ބަލައި ފާސްކުރުމާއި ގުޅިގެން ގިނަ ފަރާތްތަކަަކުން ދަނީ އެތަނުގައި ތައްޔާރުކޮށް ވިއްކަމުންދިއަ ކާބޯތަކެތީގެ ތަފްސީލު ދިނުމަށް އެދެމުންނެވެ. ވީމާ، ފޮޓޯތަކުގައި އެވަނީ މި ތަކެތީގެ ތަފްސީލެވެ.#immigrationwatchmv pic.twitter.com/bbl2hQaVhO
— Maldives Immigration (@ImmigrationMV) August 7, 2024
އިމިގްރޭޝަނުން އާންމުކޮށްފައިވާ ފޮޓޯތަކުގައި ހިމެނެނީ ތެލުލި ފަތާއި، ހަނާކުރި ފޯއް، ކުދި ގުޅަ، ހެލެބެލި ހުތް އަދި އަތުޖެހި ފަދަ ބާވަތްތަކެވެ. މި ބާވަތްތަކަކީ މާލޭގެ ފިހާރަތަކުގައި ގިނަ އަދަދަކަށް ވިއްކަން ހުންނަ ބާވަތްތަކެއްކަން ފާހަގަކުރެވެއެވެ.
އިމިގްރޭޝަނުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބާވަތްތައް ތައްޔާރުކުރަމުން ދިޔައީ ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ ބިދޭސީންނެވެ. އަދި މި ބާވަތްތައް ތައްޔާރުކުރަމުން ދިޔައީ ދިރިނޫޅެވޭވަރަށް ބާވެ ވީރާނާވެފައިވާ ގެއެއްގައެވެ.