ސަޢުދީ ޢަރަބިއްޔާ އަދި ޔޫ.އޭ.އީގެ އިސް ބޭފުޅުން ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
ސަޢުދީ ޢަރަބިއްޔާ އަދި ޔޫ.އޭ.އީގެ އިސް ބޭފުޅުން ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދުގެ އެޑްވައިޒަރ ހިޒް ރޯޔަލް ހައިނެސް ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މިތެބް ބިން ޢަބްދުލް ޢަޒީޒް އާލް-ސަޢުދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ޒިޔާރާތުގައި އެޑްވައިޒަރ ވަނީ ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދަންނަވައި ފާގަތި މުސްތަޤްބަލަކަށް އެދިވަޑައިގެންފައެވެ.
 
މީގެ އިތުރުން މިއަދު ވަނީ ޔޫ.އޭ.އީގެ ވަލީ އަހުދު ޒައިދް އައް ނަޙްޔާންގެ ދަރިކަލުން ޝައިޚް ހަމްދާން ބިން މުޙައްމަދު ބިން ޒައިދް އަލް ނަޙްޔާން ވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއްކުރައްވާފައެވެ. މިޒިޔާރަތުގައި ވަލީއަހުދުގެ ދަރިކަލުން ވެސްވަނީ ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދަންނަވާފައެވެ.

މިއަދު އޮންލައިން