ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރާ ދެކޮޅަށް ފަތުރާ ދޮގު މަޢުލޫމާތު ކުށްވެރިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރާ ދެކޮޅަށް ފަތުރާ ދޮގު މަޢުލޫމާތު ކުށްވެރިކޮށްފި

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރާ ދެކޮޅަށް ފަތުރާ ދޮގު މަޢުލޫމާތު ކުށްވެރިކޮށްފިއެވެ.

މިކަމާގުޅިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރުނު ބަޔާނެއްގައި، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާ ގުޅޭގޮތުން ސޯޝަލް މީޑިއާ އާއި އެހެނިހެން މީޑިއާ ވަސީލަތްތަކުގައި ފަތުރަމުންދާ ޙަގީގަތާ ޚިލާފު ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި ވާހަކަތައް ފަތުރަމުންދަނީ ވަޒީރުގެ އަބުރުފުޅު ނަގާލައި، ފުރައްސާރަކުރުމުގެ ގޮތުންނެވެ. އަދި ވަޒީރު ޑރ. ޝަހީމަކީ މުޅި އިސްލާމީ ދުނިޔޭގައިވެސް ނަން ހިނގާ މަޝްހޫރު އަދި އިސްލާމީ ދައުލަތްތަކުން ޚިދުމަތުގެ އަގުވަޒަންކުރާ އަޚުލާގު ރަނގަޅު ދީނީ ލީޑަރެއްކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދީނީ ސިޔާސަތު ކުރިއެރުވުމުގައި ވަޒީރު ޑރ. ޝަހީމް ސާބިތުކަމާއެކު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ފަޚުރުވެރިވާކަމަށްވެސް ކޯލިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިތުރަށް ބުނެފައިވަނީ، ފުރައްސާރަކޮށް ޙަގީގަތާ ޚިލާފު އިލްޒާމުތައް އެޅުވިނަމަވެސް ވަޒީރު ޑރ. ޝަހީމަކީ ފަސްޖެހިވަޑައިގަންނަވާނެ ބޭފުޅެއްނޫން ކަމަށެވެ. އަދި މިފަދަ ކަންކަން މިހާރުން މިހާރަށް ހުއްޓާލުމަށްވެސް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

މިއަދު އޮންލައިން