މަރުކަޒީ ބޭންކަށް 5 އެމްޑީން ހޯދަން ޢިއުލާންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
މަރުކަޒީ ބޭންކަށް 5 އެމްޑީން ހޯދަން ޢިއުލާންކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެ އިދާރާގެ އޮނިގަނޑަށް ގެނައި ބަދަލާ އެއްގޮތަށް، މަރުކަޒީ ބޭންކަށް 5 މެނޭޖިންގ ޑިރެކްޓަރުން ހޯދުމަށް ޢިއުލާންކޮށްފިއެވެ.

އެމްއެމްއޭ އިން ނެރުނު ޢިއުލާނުގައިވާ ގޮތުން، މެނޭޖިންގ ޑިރެކްޓަރުން ހޯދަނީ މަނިޓަރީ ޕޮލިސީ، ރިސަރޗް އެންޑް ސްޓެޓިސްޓިކްސް، ފައިނޭންޝަލް ސްޓެބިލިޓީ، ބޭންކިންގ އޮޕަރޭޝަންސް، ކޯޕޮރޭޓް ސަރވިސް އަދި ފައިނޭންޝަލް ސެކްޓަރ ޑިވެލޮޕްމަންޓްގެ ދާއިރާތަކަށެވެ.

މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، އެމްއެމްއޭ ނުވަތަ ފައިނޭންސް ދާއިރާގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ހުރުމާއި، ފައިނޭންސް ނުވަތަ ވިޔަފާރި ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިގްރީ އަދި މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން ހިމެނެއެވެ. މީގެ އިތުރުން، ހިންގުމުގެ ދާއިރާގެ މަޤާމެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ހުރުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.


މަރުކަޒީ ބޭންކުގެ އޮނިގަނޑަށް ގެންނަ ބަދަލުތަކުގެ ސަބަބުން އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާވެ، ހެޔޮ ނަތިޖާތަކެއް ނެރެވޭޏެކަމަށް އެބޭންކުންވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން