ގުޅިގެން ކުރެވޭ ކަންކަން އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތްކުރުމަށް ފުލުހުންނާއި ކަސްޓަމްސްއިން މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ގުޅިގެން ކުރެވޭ ކަންކަން އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތްކުރުމަށް ފުލުހުންނާއި ކަސްޓަމްސްއިން މަޝްވަރާކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ދެމެދު ގުޅިގެން ކުރެވޭ ކަންކަން އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތްކުރުމަށް މަޝްވަރާކުރުމަށް ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން އޮތީ ކޮމިޝަނަރ އޮފް ޕޮލިސްގެ އޮފީހުގައެވެ.

މި ބައްދަލުވުމުގައި ދެ ފަރާތުން މަޝްވަރާކުރެއްވި މުހިންމު ކަންތައްތަކުގެ ތެރޭގައި، މިހާރު ގުޅިގެން ކުރެވޭ ކަންކަން އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތްކުރުމުގެ އައު ނިޒާމުތައް ގާއިމުކުރުން ހިމެނެއެވެ. މީގެއިތުރުން، ދެ ފަރާތުން ގުޅިގެން މަސައްކަތްކުރުމާއި، ފަންނީ އަދި އެހެނިހެން ދާއިރާތަކުން ދެފަރާތުން އެއްބާރުލުން ފޯރުކޮށްދެވޭނެ ގޮތްތަކާ މެދުވެސް މަޝްވަރާކުރެވުނެވެ.

އަދި މަސްތުވާތަކެތި ފަދަ ގެއްލުންދެނިވި ތަކެތި ރާއްޖެ އެތެރެވުން ހުއްޓުވައި، ރާއްޖެއަކީ އަމާން ރައްކާތެރި ގައުމަކަށް ހެދުމަށް ގުޅިގެން ކުރެވޭ މަސައްކަތް ފުޅާކޮށް އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުންވެސް ދެ ފަރާތުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމަކީ ދެ މުއައްސަސާގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދައުލަތުގެ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން