ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ފުރަތަމަ ފަހަރަށް ލައިވްކޮށް ގެނެސްދޭން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ފުރަތަމަ ފަހަރަށް ލައިވްކޮށް ގެނެސްދޭން ފަށައިފި

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަދު ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ކުރެވުނު ހުކުރު ނަމާދުގެ ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ފުރަތަމަ ފަހަރަށް ލައިވްކޮށް ގެނެސްދޭން ފަށައިފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިގޮތުގައި މިއަދުގެ ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ވުޒާރާގެ ފޭސްބުކް ޕޭޖުގެ ލައިވް އަދި އިސްލާމީ މަރުކަޒުގައި ބަހައްޓާފައިވާ ޓީވީތަކުން ވަނީ ގެނެސްދީފައެވެ. އަދި ކުރިއަށް އޮތް ހަފްތާއިން ފެށިގެން ޓީވީ ޗެނަލްތަކަށްވެސް ތަރުޖަމާގެ ފީޑު ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދުގެ ހުކުރު ޚުޠުބާއަކީ ފުރަތަމަ ފަހަރަށް އަންހެން ޢިލްމުވެރިއަކު ލިއުއްވި ޚުޠުބާއެއްކަން ފާހަގަކޮށްލެވެއެވެ. މިއަދުގެ ޚުޠުބާ ލިޔުއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު އަލްއުސްތާޒް ހައްވާ ލަޠީފްއެވެ.

މި އައު އިސްނެގުމަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށާއި، އިނގިރޭސި ބަހުން ހުކުރު ޚުޠުބާ އަޑުއަހަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ފަސޭހައެއް ކަމަށް ބެލެވެއެވެ. އަދި މިކަމަކީ އިސްލާމްދީނުގެ މެސެޖު ފަތުރައި، އިސްލާމީ ތަޢުލީމު ފެތުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ވެސް ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން