ޚާރިޖީ ވުޒާރާއިން އިންޑިއާގެ އެހީގައި ކުރިއަށްގެންދިޔަ 6 މަޝްރޫޢު ނިމުނުކަން ފާހަގަކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ޚާރިޖީ ވުޒާރާއިން އިންޑިއާގެ އެހީގައި ކުރިއަށްގެންދިޔަ 6 މަޝްރޫޢު ނިމުނުކަން ފާހަގަކޮށްފި

ޚާރިޖީ ވުޒާރާއިން މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިންޑިއާގެ އެހީގައި ކުރިއަށްގެންދިޔަ 6 މަޝްރޫޢެއް ނިމުނުކަން ފާހަގަކޮށްފިއެވެ. މި މަޝްރޫޢުތަކަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫޢުތަކެކެވެ.

ނިމުނު މަޝްރޫޢުތަކުގެ ތެރޭގައި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ގާއިމުކުރި މެންޓަލް ހެލްތު ޔުނިޓާއި، ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ގާއިމުކުރި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ހިމެނެއެވެ. މީގެ އިތުރުން ގދ. ތިނަދޫ ސިޓީ އަބޫބަކުރު ސްކޫލް، ލ. އިހައްދޫ ސްކޫލް އަދި ހއ. އަތޮޅު ތައުލީމީ މަރުކަޒުގައި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓްތައް ގާއިމުކުރުމުގެ މަޝްރޫޢުތައްވެސް ވަނީ ނިމިފައެވެ. އަދި ތ. ތިމަރަފުށި، ތ. ވޭމަންޑޫ އަދި ގއ. ކޮނޑޭގައި ކުރިއަށްގެންދިޔަ މަގުބައްތި ހަރުކުރުމުގެ މަޝްރޫޢުވެސް ވަނީ ނިމިފައެވެ.

މި މަޝްރޫޢުތަކަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޞިއްޙީ އަދި ތަޢުލީމީ ދާއިރާތައް ކުރިއެރުވުމަށް އިންޑިއާ ސަރުކާރުން ދެއްވާ އެހީގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫޢުތަކެކެވެ. މި މަޝްރޫޢުތައް ނިމުމާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މުހިންމު ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން