މާފަންނު ސަހަރާ ހުސްކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 59ސ
މާފަންނު ސަހަރާ ހުސްކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފި

މާލެ ސިޓީ ކައުންސިލުން މާފަންނު ސަހަރާ ހުސްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ. މިއީ މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލަތައް ހައްލުކުރުމަށްޓަކައި މާފަންނު ސަހަރާގައި ޕާކިން ޒޯންތައް ތަރައްޤީކުރުމަށް ކައުންސިލުން ނިންމުމާ ގުޅިގެން ކުރެވުނު އިޢުލާނެކެވެ.

ކައުންސިލުން ކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މާފަންނު ސަހަރާ ހުސްކުރަން ޖެހޭނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ އުޞޫލާ އެއްގޮތަށެވެ. މި މަސައްކަތް ކުރާނީ އަމިއްލަ ތަކެތީގައި ކަމަށާއި، ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ހުޅުވާލާފައިވެއެވެ. މާފަންނު ސަހަރާގައި 36،153 އަކަފޫޓު ހުރިކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ސާފުކުރުމަށް މި މަހުގެ 14 ވަނަ ދުވަހުގެ 11:00 ގައި ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް ޙާޟިރުވުމަށް އަންގާފައިވެއެވެ. އަދި ބިޑު ހުށަހެޅުން އޮންނާނީ މި މަހުގެ 20 ވަނަ ދުވަހުގެ 11:00 ގައި ކަމަށްވެސް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

ދީނީ ޢިލްމުވެރިންގެ ރައުޔުގައި، ކޮންމެހެން ބޭނުންވެއްޖެ ޙާލަތެއްގައި ޤަބުރުސްތާނެއް ހުސްކުރުމަށްފަހު އެތަނުގައި އެހެން ތަނެއް އެޅިދާނެ ކަމަށް ބަޔާންކުރެއެވެ.

މިއަދު އޮންލައިން