ރާއްޖެއާއި އިންޑިއާއިން ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ރާއްޖެއާއި އިންޑިއާއިން ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށްފި

ރާއްޖެއާއި އިންޑިއާ ދެމެދު އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާތަކެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ދެ ޤައުމު ދެމެދުގައި އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި މިހާރަށްވުރެ ބޮޑަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

މި މަޝްވަރާތައް ބޭއްވުނީ އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރާއެކުއެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު، މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަޙްމަދު މުނައްވަރު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމަކީ ދެ ޤައުމު ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއް ކަމަށް ބެލެވެއެވެ.

އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވި ގޮތުގައި ދާދި އަވަހަށް އިންޑިއާގެ ރުޕޭ ކާޑުވެސް ރާއްޖޭގައި ބޭނުންކުރަން ފެށޭނެއެވެ. މިއީ ދެ ޤައުމު ދެމެދު އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއްކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން