ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފަރުހާދު ރަޝީދު ޖޭއެސްސީގެ މެމްބަރަކަށް އިންތިޚާބުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފަރުހާދު ރަޝީދު ޖޭއެސްސީގެ މެމްބަރަކަށް އިންތިޚާބުވެއްޖެ

ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް މެމްބަރަކު އިންތިޚާބުކުރުމަށް މިއަދު ބޭއްވުނު އިންތިޚާބުގައި ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފަރުހާދު ރަޝީދު ވަނީ ކާމިޔާބު ހޯއްދަވާފައެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހާމަކުރި ގޮތުގައި މި އިންތިޚާބުގައި ޖުމްލަ 163 ވޯޓުގެ ތެރެއިން ޤާޟީ ފަރުހާދު ރަޝީދަށް 91 ވޯޓު ލިބިވަޑައިގެން ވަނީ އެންމެ ގިނަ ވޯޓު ހޯއްދަވާފައެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު އިބްރާހީމް އިޙްސާނަށް ލިބިވަޑައިގަތީ 71 ވޯޓެވެ.

މި އިންތިޚާބުގައި ޤާޟީ ފަރުހާދު ރަޝީދާއި ޤާޟީ އިބްރާހީމް އިޙްސާނުގެ އިތުރުން ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރޭގައި ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛާ ޢާއިޝަތު ޢަޒުފާ ޢަބްދުލްޣަފޫރު، ފެމިލީ ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުﷲ މުޙައްމަދު އަދި ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު ރަފީޢުއްދީން އަޙްމަދު ހިމެނިވަޑައިގަންނަވައެވެ.

މި އިންތިޚާބާ ގުޅިގެން ޤާޟީ ފަރުހާދު ރަޝީދު ވަނީ ޖޭއެސްސީގެ މެމްބަރުކަމުގެ މަޤާމަށް ހޮވިވަޑައިގެންފައެވެ. ޖޭއެސްސީއަކީ ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާ ހިންގުމާއި ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރާ މުހިންމު މުއައްސަސާއެކެވެ.

މިއަދު އޮންލައިން