ދިފާޢީ އަދި ސަލާމަތާ ގުޅޭ ގޮތުން އިންޑިއާ އާއި ރާއްޖެއިން މަސްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ދިފާޢީ އަދި ސަލާމަތާ ގުޅޭ ގޮތުން އިންޑިއާ އާއި ރާއްޖެއިން މަސްވަރާކޮށްފި

ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް ވަޑައިގެން އުޅުއްވާ އިންޑިއާގެ އެކްސްޓަރނަލް އެފެއާރސް މިނިސްޓަރ ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރާއެކު ދިވެހިރާއްޖޭގެ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން މިއަދު ރަސްމީ މަޝްވަރާތަކެއް ބާއްވައިފިއެވެ.

ދިފާޢީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި މައިގަނޑު ދާއިރާތަކުގެ ތެރޭގައި ދިފާޢީ އަދި ސަލާމަތާ ގުޅޭ ގޮތުން ދެ ޤައުމުން އެއްބާރުލުން ދިނުމާއި، ސަރަޙައްދީ ސަލާމަތާ ރައްކާތެރިކަމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، މިފަދަ ކަންކަމަށް ޙައްލު ހޯދުމަށް ދެ ޤައުމު ގުޅިގެން ސަލާމަތީ އިސްތިރާޖީތައް އެކުލަވާލުން ހިމެނެއެވެ.

މީގެ އިތުރުން، ދެ ޤައުމުގެ އިސްތިޤްލާލާއި ސަރަޙައްދީ އިންފާރުތަކަށް އިޙްތިރާމްކުރުމާއެކު، ސަރަޙައްދުގެ ސަލާމަތާ ހަމަޖެހުމަށާއި، ކަނޑުގެ ސަރަޙައްދުތަކުގެ ރައްކާތެރިކަމަށް މަސައްކަތްކުރުމަށާއި، ދެ ފަރާތުގެ މަސްލަހަތު ހިމެނޭ އިތުރު ކަންކަމުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ. އަދި މިފަދަ މަޝްވަރާތަކުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް އެއްބާރުލުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

މިއަދު އޮންލައިން