ދިވެހިރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މޫސާ މުޙައްމަދުފުޅު (ހުވަނދުމާ މޫސާފުޅު) 82 އަހަރުގެ އުމުރުފުޅުގައި އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
މިކަމާގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ތަޖްރިބާކާރު ވިޔަފާރިވެރީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މޫސާ މުޙައްމަދުފުޅު (ހުވަނދުމާ މޫސާފުޅު) އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، މަރުޙޫމުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، ޢާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުޢާކުރައްވާ ކަމަށެވެ.
އިތުރަށް ރައީސް ވިދާޅުވެފައިވަނީ "މަރުޙޫމް މޫސާ މުޙައްމަދުފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. މާތް ﷲ ގެ ނިޢުމަތާ ރަޙްމަތުގައި އަބަދުމެ ލަހައްޓަވާށިއެވެ. އާމީން" މިފަދައިންނެވެ.
މަރުޙޫމް މޫސާ މުޙައްމަދުފުޅުގެ ކަށުނަމާދު ކުރެވުނީ އިސްލާމީ މަރުކަޒުގައެވެ. އަދި ވަޅުލެވުނީ ގަލޮޅު ސަހަރާގައެވެ.