ހޯރަފުށީ ފަޅު ހިއްކައިގެން ތެޔޮ ޓަރމިނަލަކާއި ކޮންޓެއިނަރ ޓަރމިނަލްގެ އިތުރުން ފްރީ ޒޯނެއް ތަރައްޤީކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ހޯރަފުށީ ފަޅު ހިއްކައިގެން ތެޔޮ ޓަރމިނަލަކާއި ކޮންޓެއިނަރ ޓަރމިނަލްގެ އިތުރުން ފްރީ ޒޯނެއް ތަރައްޤީކުރަނީ

ހއ. ހޯރަފުށީ ފަޅު ހިއްކައިގެން ތެޔޮ ޓަރމިނަލަކާއި ކޮންޓެއިނަރ ޓަރމިނަލްގެ އިތުރުން ފްރީ ޒޯނެއް ތަރައްޤީކުރުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޖީހު ވިދާޅުވީ މި މަޝްރޫޢުގެ ކޮންސެޕްޓް މިހާރު ތައްޔާރުކޮށް ނިމިފައިވާ ކަމަށެވެ. އަދި ހއ. އަތޮޅުގެ އެ ސަރަހައްދު އޮންނަންވާ ގޮތުގެ ކުރެހުންވެސް ތައްޔާރުކޮށް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިކަމުގެ މަސައްކަތް މިހާރު ކުރުމަށްޓަކައި، އެކި އެކި ލެވެލްގައި ވާހަކަ އެބަދެކެވޭ. ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގެ މި 5 އަހަރުތެރޭ މިކަން ކުރާނަން،" ވަޖީހު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ސަބަބުން ހއ. އަތޮޅަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް ވަޖީހު ފާހަގަކުރެއްވިއެވެ. އަދި މުޅި ޤައުމުގެ އިޤްތިޞާދަށްވެސް މިކަމުގެ ފައިދާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ އުތުރުގައި ބޮޑު ވިޔަފާރި މަރުކަޒެއް ގާއިމުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ބެލެވެއެވެ. މީގެ ސަބަބުން އެ ސަރަހައްދުގެ ވަޒީފާގެ ފުރުޞަތުތައް އިތުރުވެ، އިޤްތިޞާދީ ހަރަކާތްތައް ފުޅާވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

މިއަދު އޮންލައިން