އިންޑިއާއި ރާއްޖޭގެ ގުޅުމަކީ ރައްޔިތުންގެ ދިރިއުޅުމަށް ބަދަލު ގެނުވާފަދަ ގުޅުމެއް: ޖަޔަޝަންކަރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
އިންޑިއާއި ރާއްޖޭގެ ގުޅުމަކީ ރައްޔިތުންގެ ދިރިއުޅުމަށް ބަދަލު ގެނުވާފަދަ ގުޅުމެއް: ޖަޔަޝަންކަރު

އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ރައްޔިތުންގެ ދިރިއުޅުމަށް ބަދަލު ގެނުވާފަދަ ގުޅުމެއް ކަމަށް އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު ވިދާޅުވެއްޖެއެވެ.

ޖަޔަޝަންކަރު މިހެން ވިދާޅުވީ، އައްޑޫގެ ބިންހިއްކުމާއި، ހަންކެޑެ ބްރިޖު މަޝްރޫޢު ނިންމާ ހަވާލުކުރުމަށް އައްޑޫ ހައިސްކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

"އަޅުގަނޑު ވަރަށް އުފާވޭ އައްޑޫއަށް އަނބުރާ އާދެވުމުން. ހަނދާންވޭ 2 އަހަރު ކުރިން ކުރި ދަތުރު. ރާއްޖެއަކީ ކީ ޕާޓްނާއެއް އިންޑިއާ ސަރަހައްދުގައި. މިހާރު ޒަމާނީ ގުޅުމަކަށް ގުޅުން ވަނީ ބަދަލުވެފައި. އަޅުގަނޑުމެންގެ ގުޅުމަކީ ރައްޔިތުންގެ ދިރިއުޅުމަށް ބަދަލު ގެނުވާފަދަ ގުޅުމެއް" ޖަޔަޝަންކަރު ވިދާޅުވިއެވެ.

ޖަޔަޝަންކަރު ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ އެހީގައި ކުރިއަށް ގެންދާ އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓުގެ ދެ މަޝްރޫޢު ކަމަށްވާ، އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫޢާއި، ހަންކެޑެ ވަށައިގެން އަޅާފައިވާ ޑީޓުއަރ ލިންކް ރޯޑުގެ މަޝްރޫޢުގެ ނިންމުން ވަނީ އިފްތިތާހުކޮށްދެއްވާފައެވެ.

މި ދެ މަޝްރޫޢަކީ އައްޑޫ ސިޓީގެ ތަރައްޤީއަށް އިތުރު ބާރެއް ލިބިގެންދާނެ މަޝްރޫޢުތަކެއް ކަމަށް ބެލެވެއެވެ. އަދި މިއީ އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއްކަމަށްވެސް ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން