އުއްމީދަކީ މިއަހަރު ފަހުކޮޅު ނޫނީ އަންނަ އަހަރު ކުރީކޮޅު މާލޭ މަގުހެދުމުގެ އަމަލީ މަސައްކަތް ފެށިގެންދިއުން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
އުއްމީދަކީ މިއަހަރު ފަހުކޮޅު ނޫނީ އަންނަ އަހަރު ކުރީކޮޅު މާލޭ މަގުހެދުމުގެ އަމަލީ މަސައްކަތް ފެށިގެންދިއުން: ރައީސް

މާލޭގެ މަގުތަކާއި ވިލިމާލޭގެ ހުރިހާ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅު ފެށޭނެކަމަށް އުންމީދުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވުނު މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 1 ވަނަ ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ މާލޭގެ މަގުތަކާއި ވިލިމާލޭގެ ހުރިހާ މަގުތައް ހެދުމަކީ ސަރުކާރުން ކުރިއަށްގެންދާނެ މުހިންމު މަޝްރޫޢެއް ކަމަށެވެ.

މި މަޝްރޫޢު ކުރިއަށްގެންދަނީ ޗައިނާގެ ހިލޭ އެހީގައި ކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ވަރަށް އަވަހަށް ޗައިނާގެ ޓީމެއް ރާއްޖެއަށް އަންނާނެ ކަމަށާއި، އެ ޓީމުން މި މަޝްރޫޢުގެ ދެން އޮތް މަރުހަލާގެ ދިރާސާ ހަދާނެ ކަމަށެވެ. އަދި ދެތިން މަރުހަލާއެއް ނިމުމަށްފަހު އަމަލީ މަސައްކަތް ފެށޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މާލެ ސިޓީ މޭޔަރ އާދަމް އާޒިމް ވަނީ މާލެ ސިޓީއަށް ކުރިމަތިވެފައިވާ ދަތިތަކާއި އެކަންކަން ހައްލުކުރުމަށް ހުރި ހުރަސްތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ޗައިނާއިން ރާއްޖެއަށް ދޭ ހިލޭ އެހީގެ ގޮތުގައި ކުރިއަށްގެންދިއުމަށް ވަނީ ނިންމަވާފައެވެ. މި މަޝްރޫޢުގެ ސަބަބުން މާލޭގެ މަގުތަކުގެ ހާލަތު ރަނގަޅުވެ، ރައްޔިތުންނަށް ލުއިފަސޭހަކަން ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން