މީރާއަށް މިދިޔަ ޖުލައިމަހު 2.93 ބިލިއަން ރުފިޔާ ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
މީރާއަށް މިދިޔަ ޖުލައިމަހު 2.93 ބިލިއަން ރުފިޔާ ލިބިއްޖެ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކުރި ގޮތުގައި މިދިޔަ ޖުލައިމަހު އެ އިދާރާއަށް 2.93 ބިލިއަން ރުފިޔާ ބަލައިގަނެފައިވެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 17.1 އިންސައްތަ ދަށް އަދަދެކެވެ. ނަމަވެސް މިއަހަރުގެ ޖުލައިމަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 16.4 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން ދިން މަޢުލޫމާތުގައިވާ ގޮތުން، މިދިޔަ އަހަރުގެ ޖޫންމަހާ އަޅާބަލާއިރު މިއަހަރުގެ ޖޫންމަހު ލިބުނު އާމްދަނީ ދަށްވެފައިވަނީ މިދިޔަ އަހަރުގެ އަޟްހާ ޢީދު ޖޫންމަހުގެތެރޭގައި އައުމުން ޖީއެސްޓީ އަދި އިންކަމް ޓެކްސްގެ ސުންގަޑިތައް ޖުލައިމަހަށް ފަސްކޮށްދިނުމުންނެވެ. މިއަހަރު އެފަދަ ބަދަލެއް ގެނެސްފައެއް ނުވެއެވެ.

ޖުލައިމަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ އިތުރަށް އާމްދަނީ ލިބުނު ސަބަބުތަކުގެ ތެރޭގައި، އެމަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 2.4 އިންސައްތަ އިތުރުވުމުން ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާއި، ބޭންކު އިންކަމް ޓެކްސްގެ ދެވަނަ އިންޓަރިމް ޕްރީ ޕޭމަންޓު ޖުލައިމަހުގެތެރޭ ބޭންކުތަކުން ދެއްކުން ހިމެނެއެވެ.

މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ހިއްސާއަކީ އާމްދަނީން ނަގާ ޓެކްސްއެވެ.

މިއަދު އޮންލައިން