މިދައުރު ނިމުމުގެ ކުރިން މުޅި ރާއްޖޭގައި 85000 ހައުސިންގ ޔުނިޓް ގާއިމުކުރާނަން: ހައިދަރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
މިދައުރު ނިމުމުގެ ކުރިން މުޅި ރާއްޖޭގައި 85000 ހައުސިންގ ޔުނިޓް ގާއިމުކުރާނަން: ހައިދަރު

މުޅި ރާއްޖޭގައި 85000 ހައުސިންގ ޔުނިޓް ގާއިމުކުރާނެ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ހައިދަރު ވިދާޅުވީ މިހާރު ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިއަހަރު ނިމުމުގެ ކުރިން ބޯހިޔާވަހިކަމުގެ އައު މަޝްރޫއެއް ފެށޭނެ ކަމަށާއި މިދައުރު ނިމުމުގެ ކުރިން މުޅި ރާއްޖޭގައި 85000 ހައުސިންގ ޔުނިޓް ގާއިމުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން މިސަރުކާރާ ހަވާލުވިއިރު ވަރަށް ގިނަ މަޝްރޫޢުތައް ފެށިފައިހުރި، ހުއްޓިފައި ހުރި. އެހެންވީމަ އަޅުގަނޑުމެންނަށް އެހެން މަޝްރޫޢަކާއިގެން ކުރިއަށްގެންދެވެން އޮތީ އެ މައްސަލަތައް ހައްލުކޮށް އެ މައްސަލަތަކަށް ގޮތެއް ހޯދައިދީފައި ކަމަށް އަޅުގަނޑުމެން ދެކޭތީ އެ މަސައްކަތް މިހާރު ކުރިއަށް މިގެންދަނީ. އެހެންވެ ތިބޭފުޅުންނަށް ފެނިވަޑައިނުގަންނަވަނީ އަޅުގަނޑުމެން އައު މަޝްރޫޢެއް ފެށިގެން ކުރިއަށްގެންދާތަން،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ހައިދަރު އިތުރަށް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ވަރަށް ގިނަ މަޝްރޫއުތަކުގެ މަސައްކަތް އޮތީ ހުއްޓިފައި ކަމަށެވެ. އެހެންވެ ސަރުކާރުން އިސްކަމެއް ދިނީ އެ މައްސަލަތައް ހައްލުކޮށް މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ކަމަށާއި މިސަރުކާރުން ރާވާފައިވާ ކަންކަން ކުރުމަށް ފުރުސަތު ލިބޭނީ އެ މަސައްކަތްތަކަށް ފަހުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން