މާގިރިފަޅަށް ތެޔޮ ރައްކާކުރުމުގެ ފެސިލިޓީ ބަދަލުވުމުން ތެލުގެ އަގު ހެޔޮވާނެ: އެސްޓީއޯ

މިއަދު
ކިޔުމަށް ހޭދަވާނީ 47ސ
މާގިރިފަޅަށް ތެޔޮ ރައްކާކުރުމުގެ ފެސިލިޓީ ބަދަލުވުމުން ތެލުގެ އަގު ހެޔޮވާނެ: އެސްޓީއޯ

މާގިރިފަޅަށް ތެޔޮ ރައްކާކުރުމުގެ ފެސިލިޓީ ބަދަލުކުރެވިގެން ދިޔުމުން ތެލުގެ އަގު ހެޔޮވާނެކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިކަމާގުޅިގެން ޝިމާދު ވިދާޅުވީ ފުނަދޫގައި މިހާރު ތެޔޮ ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރެވެން ނެތް ކަމަށާއި އަދި ފުނަދޫއަކީ ތެޔޮ ރައްކާކުރުމަށް އެންމެ ރައްކާތެރި ރަށެއް ނޫންކަމަށާއި މާގިރިފަޅަށް ތެޔޮ ރައްކާކުރުމުގެ ފެސިލިޓީ ބަދަލުކުރެވިގެން ދިޔުމުން ތެޔޮ އުފުލާ ބޮޑެތި ބޯޓު ފަހަރު ގާތްކުރެވޭނެ ކަމަށެވެ. އަދި އޭގެސަބަބުން ހަރަދުތައް ކުޑަކުރެވި އަގުތައް ކުޑަކުރެވިގެންދާނެ ކަމަށެވެ.

ތެޔޮ ރައްކާކުރާ ނިމާޒު މާގިރިފަޅަށް ބަދަލުކުރުމަކީ ހާއްސަ އިސްކަމެއްދީގެން ކުރިއަށްގެންދާ މަޝްރޫޢެއްކަމަށާއި މިހާރު އެ މަސައްކަތަށް ބޭރުގު 2 ކޮންސަލްޓަންޓުން ހަމަޖައްސާފައިވާކަމަށް ވެސް ޝިމާދު ވިދާޅުވިއެވެ.

ފުނަދޫގައި ހުރި ތެޔޮ ރައްކާކުރާ ނިޒާމު އެހެންތަނަކަށް ބަދަލުކޮށް، އެރަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އިޤްތިޞާދީ ޚާއްޞަ ސަރަޙައްދެއްގެގޮތުގައެވެ.

 

 

މިއަދު އޮންލައިން