ދެކުނުގެ ފަތުރުވެރިކަން ތަރައްޤީކުރެވޭނީ ގުޅިގެން މަސައްކަތްކޮށްގެން: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 54ސ
ދެކުނުގެ ފަތުރުވެރިކަން ތަރައްޤީކުރެވޭނީ ގުޅިގެން މަސައްކަތްކޮށްގެން: ވަޒީރު

ދެކުނުގެ ފަތުރުވެރިކަން ތަރައްޤީކުރެވޭނީ ގުޅިގެން މަސައްކަތްކޮށްގެންކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

"ސަދަން ރީޖަން ޓޫރިޒަމް ޑިވެލޮޕްމަންޓް ސްޓޭކްހޯލްޑާރ ސިމްޕޯޒިއަމް 2024" ގައި ވާހަކަފުޅުދައްކަވަމުން ފައިސަލް ވިދާޅުވީ ދެކުނުގައި ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ފުޅާކުރުމަށް ގިނަ ދަތިތަކެއް އެބަހުރިކަމަށާއި އެކަންކަމަށް ހައްލު ގެނެވޭނީ ގުޅިގެން މަސައްކަތްކޮށްގެންކަމަށެވެ.

"ދެކުނަށް ފަތުރުވެރިކަން ފުޅާކުރުމަށް ބެލި ބެލުމުން މައިގަނޑު ދެކަމެއް އެބަ ފާހަގަވޭ. ދެކުނަށް އިންޓަރނޭޝަނަލް ފްލައިޓްތައް އޮޕަރޭޓް ނުކުރުމާއި އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުވުމަކީ މައިގަނޑު ދެމައްސަލަކަމަށް ފެންނަނީ. އެހެންކަމުން މިކަންކަމަށް މަހާސިންތާގައި ތިބި ފަރާތްތަކުގެ މެދުގައި ކުރެވޭ މަޝްވަރާއިން ހައްލު އަންނާނެކަމަށް ޔަގީންކުރަން." ވަޒީރު ވިދާޅުވިއެވެ.

ވުޒާރާއިން ކުރިއަށްގެންދިޔަ މި މަހާސިންތާގައި ވަނީ ދެކުނުގެ 3 އަތޮޅުގައި މިވަގުތު ފަތުރުވެރިކަމަށް ނެރެފައިވާ އެނދުތަކާއި އަދި އެއަރޕޯޓުތައް ހުރިގޮތާއި، އަދި މަސައްކަތް ކުރިއަށް ނުގޮސްހުރި ޓޫރިސްޓް ރިސޯޓުތައް ތަރައްޤީކުރުމުގެ އެކި މަޝްރޫޢުތަކާއި ގުޅޭ މަޢުލޫމާތުތައް ހިއްސާކޮށްފައެވެ.

މިއަދު އޮންލައިން