ޒުވާނުންނަށް ދިމާވެފައިވާ އިޖްތިމާއީ މައްސަލަތައް ދެނެގަނެ ގައުމަށް ފައިދާ ހުރި ދަރީންނަށް ހެދުމަކީ ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތު: ޔޫތު މިނިސްޓަރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ޒުވާނުންނަށް ދިމާވެފައިވާ އިޖްތިމާއީ މައްސަލަތައް ދެނެގަނެ ގައުމަށް ފައިދާ ހުރި ދަރީންނަށް ހެދުމަކީ ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތު: ޔޫތު މިނިސްޓަރު

ޒުވާނުންނަށް ދިމާވެފައިވާ އިޖްތިމާއީ މައްސަލަތައް ދެނެގަނެ ގައުމަށް ފައިދާ ހުރި ދަރީންނަށް ހެދުމަކީ ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތުކަމަށް ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.

ޒުވާނުންގެ ދުވަހާ ގުޅިގެން ދެއްވި ހިތާބުގައި މިނިސްޓަރު ވިދާޅުވީ ގައުމެއްގެ އެންމެ އަގުހުރި ތަރިކައަކީ ޒުވާނުން ކަމަށެވެ. އަދި ގައުމުގެ ތަރައްގީގެ އެންމެ ބާރުގަދަ ވަސީލަތަކީ ޒުވާނުންކަމަށާއި، މުސްތަގުބަލު ކަނޑައަޅާނީ ޒުވާނުންކަމަށް ވިދާޅުވި އެވެ. އެހެންކަމުން ޒުވާނުންނަށް ފުރުސަތުތައް ހޯދައިދީ ކުރިއެރުން ހޯދައިދިނުމަކީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ހަގީގީ މާނައިގައި ޒުވާނުން ބާރުވެރިކޮށް ކާމިޔާބު މުސްތަގުބަލެއް ހޯދައިދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މި ސިޔާސަތުތައް ކާމިޔާބު ކުރުމަށް ޔޫތް މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތްތައް ވެސް ފާހަގަކުރެއްވި އެވެ.

މިނިސްޓަރު އަސްވާޑު ވިދާޅުވީ ފަންނިއްޔަތާއި، މުވައްސަލާތުގެ ފަންނިއްޔާތުގެ ތެރެއިން ބޮޑެތި ކުރިއެރުންތައް ދުނިޔެ ހޯދަމުންދާއިރު މިއީ ޒުވާނުންނަށް ލިބޭ އިބްރަތެއްކަމަށެވެ. އެހެންކަމުން ފަންނިއްޔަތުގެ ދާއިރާއިން ޒުވާނުން ކުރިއަށް ދިއުމަކީ މުހިންމު ކަމެއްކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

މިއަދު އޮންލައިން