ގޯތި ދިނުމުގައި މިދިޔަ ސަރުކާރުން ޢަމަލުކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް. އެއީ ރައްޔިތުންނަށްވި ޚިޔާނާތެއް: ފަލާހު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ގޯތި ދިނުމުގައި މިދިޔަ ސަރުކާރުން ޢަމަލުކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް. އެއީ ރައްޔިތުންނަށްވި ޚިޔާނާތެއް: ފަލާހު

ގޯތި ދިނުމުގައި މިދިޔަ ސަރުކާރުން ޢަމަލުކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށްކަމަށާއި، އެއީ ރައްޔިތުންނަށްވި ޚިޔާނާތެއްކަމަށް ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަލާޙު ވިދާޅުވީ ނިމިދިޔަ ސަރުކާރުން ގޯއްޗާއި ފުލެޓު ދިންކަމަށް ބުނެ ނެރުނީ ހަމައެކަނި ލިސްޓެއް ކަމަށެވެ. އެމްޑީޕީގެ ސަރުކާރު ނިމުނުއިރުވެސް ގޯތި ދިނުމަށް ބިން ހިއްކާފައި ނުވާއިރު، ފްލެޓްތައްވެސް އިމާރާތްކޮށްފައި ނުވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފަލާޙު ވިދާޅުވީ ޙަޤީޤީ މާނާގައި ގޯތި ދިނުމަކީ ގޯތި އަޅާނެ ތަނެއް ހިއްކުމަށްފަހު ގޯތި ދިނުން ކަމަށެވެ. އަދި މިދިޔަ ސަރުކާރުން ދިން ގޯއްޗާއި ފުލެޓުތައް ހަދަން އަދިވެސް 5.4 ބިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ގޯއްޗާއި ފުލެޓު ލިބޭ މީހުންގެ ލިސްޓު ނެރުނު އިރު، އެ ލިސްޓުގައި އެބަހުރި ކޮރަޕްޝަނަށް ތުހުމަތުކުރެވޭ އެތައް ކަމެއް. ޙައްޤު ނޫން މީހުންނަށް ގޯތިދީފައިވާކަން އޭސީސީން ފާހަގަކުރޭ." ފަލާޙު ވިދާޅުވިއެވެ.

ފަލާޙުގެ މި ވާހަކަތަކަކީ ނިމިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާމެދު އުފެދިފައިވާ ސުވާލުތަކަށް އިތުރު ބާރެއް ލިބިގެންދާނެ ވާހަކަތަކެއް ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން