މަގުތަކުގަ ފެންބޮޑުވެފައިވާއިރު ހިނގާ މީހުންގެ ސަލާމަތާ ރައްކާތެރިކަމަށް ބަލައިގެން އެއްގަމު އުޅަނދު ދުއްވުމަށާ މަގުތައް ބްލޮކް ނުކުރަން ޚާއްޞަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.
ދުއްވާ އެއްޗެތީގައި ދަތުރުކުރިނަމަވެސް ވީހާ އަވަހަކަށް ދާން ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. ވިސްނައިލުން އެންމެ މުހިންމު އެއްކަމަކީ މަގުތަކުގައި ފެންގަނޑު ހެދިފައި އޮންނައިރުގައާއި ވާރޭ ވެހެމުންދާއިރު ބްރޭކް ޖައްސަންވެސް އުނދަގޫތަކެއް ހުންނާނެ ކަމެވެ. ވީމާ އެހެން މީހުންގެ ސަލާމަތާއި ރައްކައުތެރިކަމަށް ބަލައިގެން ދުއްވުމަކީ ވަރަށް މުހިންމު ކަމެކެވެ.
ތިމާއަށް ކާރުގައި ހިޔާވެގެން އިނދެވުނުނަމަވެސް އެހެން މީހުންގެ ޙާލާއިމެދު ވިސްނައިލުމަކީ ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަމެކެވެ. ހަމަ އެއާއިއެކު ކޮންމެހެން ކުރަން ޖެހޭ ދަތުރުތަކަށް ނޫނީ މަގުބްލޮކްވާފަދަ ބޮޑެތި ވެހިކަލްތައް މަގުތަކަށް ނުނެރުމަކީވެސް ސަމާލުކަން ދޭންޖެހޭނެ ކަމެކެވެ.
ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކުރަން. ފުލުހުން ދަނީ މަގުތަކުގައި ހަރަކާތްތެރިވަމުން. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި ދެއްވަމުން ގެންދަވާ އެއްބާރުލުލުމަށް ޝުކުރު ދަންނަވަން. pic.twitter.com/6t9NSwVne5
— Ahmed Shifan (@Shifan4040) August 13, 2024