މާލޭގައި ފެން ބޮޑުވުމުގެ ސަބަބުން ބަސް ދަތުރުތައް މެދުކަނޑާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 43ސ
މާލޭގައި ފެން ބޮޑުވުމުގެ ސަބަބުން ބަސް ދަތުރުތައް މެދުކަނޑާލައިފި

މިއަދު މާލޭގައި ބޯކޮށް ވެހުނު ވާރޭއާ ގުޅިގެން މަގުތަކުގައި ފެން ބޮޑުވުމުގެ ސަބަބުން މާލޭގައި ފޯރުކޮށްދޭ ބަހުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

އެމްޓީސީސީން ނެރުނު އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި، ހުޅަނގު މޫސުމުގެ ވިއްސާރައިގެ ސަބަބުން މާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާތީއާއި، އައިޖީއެމްއެޗް އަދި ރަސްފަންނާއި ވެސްޓްޕާކް ސަރަހައްދު މިވަގުތު ބަންދުކޮށްފައިވާތީ އާރުޓީއެލް ބަހުގެ ޚިދުމަތް ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

އެމްޓީސީސީން އިތުރަށް ހާމަކުރި ގޮތުގައި، ބަސް ދަތުރުކުރާ މަގުތަކުގެ ތެރެއިން ރޫޓު 10، 11، 1، 3 އަދި 7 ހުއްޓާ އެންމެ ފަހު ސްޓޮޕަކީ މާފަންނު ބަސް ޓާމިނަލް ކަމަށާއި، އެއަށްފަހު ބަސްތައް ދަތުރުނުކުރާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅުމުން މަޢުލޫމާތު ލިބޭނެކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މިއަދު އޮންލައިން