އައު މަޝްރޫޢުތައް ފަށާނީ މިހާރު ފަށާފައިވާ މަޝްރޫޢުތައް ނިމެމުންދާ ވަރަކުން: ވަޒީރު ޑރ.މުއްޠަލިބު

ކިޔުމަށް ހޭދަވާނީ 1މ 9ސ
އައު މަޝްރޫޢުތައް ފަށާނީ މިހާރު ފަށާފައިވާ މަޝްރޫޢުތައް ނިމެމުންދާ ވަރަކުން: ވަޒީރު ޑރ.މުއްޠަލިބު

އައު މަޝްރޫޢުތައް ފަށާނީ މިހާރު ފަށާފައިވާ މަޝްރޫޢުތައް ނިމެމުންދާ ވަރަކުންކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. މިހެން ވަޒީރު ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ވަޒީރު ވިދާޅުވި ގޮތުގައި މިއަހަރަށް ކުރިއަށްގެންދާ މަޝްރޫޢުތަކަށް އެކަށީގެންވާ ބަޖެޓެއް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިނުވެއެވެ. އެހެންކަމުން، މަޝްރޫޢުތައް ކުރިއަށްގެންދަންޖެހިފައިވަނީ "ޕްރައޯރަޓައިޒް" ކޮށްގެންނެވެ. އަދި އައު މަޝްރޫޢުތައް ފަށާނީ މިހާރު ފަށާފައިވާ މަޝްރޫޢުތައް ނިމެމުންދާ ވަރަކުންކަމަށް ކުންފުނިތަކަށް އަންގާފައިވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކިބައިން އެދެން ބަޖެޓް ހައްދަވާއިރު ކުރިއަށްދާ މަޝްރޫޢެއް ވިއްޔާ އެމަޝްރޫޢު ކުރިއަށްގެންދެވޭނެ މިންވަރަކަށް ބަޖެޓް ހިމަނާލަދެއްވާށޭ. އެހެން ނޫނީ އަޅުގަނޑުމެން މިޖެހެނީ އެއް ދިމާލުން ފައިސާ ނަގައިގެން އަނެއް ދިމާލަށް ލައިގެން ޕްރޮޖެކްޓްތައް ކުރިއަށްގެންދަން،" ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، މަޝްރޫޢުތައް ކުރިއަށްގެންދެވޭނެ ގޮތްތައް ބަލައި އެ ކުންފުނިތަކަށް މަޝްރޫޢު ކުރިއަށްނުގެންދެވޭނަމަ އެއްބަސްވުން ބާތިލުކޮށްގެންވެސް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

މިއަދު އޮންލައިން