ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ސްޓެލްކޯގެ މުވައްޒިފުން ރައްޔިތުންގެ ޚިދުމަތުގަ ނުކުމެއްޖެ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ސްޓެލްކޯގެ މުވައްޒިފުން ރައްޔިތުންގެ ޚިދުމަތުގަ ނުކުމެއްޖެ!

ދިވެހިރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ގޭގެއަށް ފެން ވަނުން ކޮންޓްރޯލް ކުރުމަށް ވެލި ބަސްތާ ޖެހުމާއި އެހީތެރިކަން ބޭނުންވާ ރައްޔިތުންނަށް އެހީތެރިވެދިނުމަށް ސްޓެލްކޯގެ މުވައްޒަފުން ދަނީ މާލެ ސިޓީގައި ހަރަކާތެރިވަމުން. 

އަދި ސްޓެލްކޯއިން ޚިދުމަތްދޭ އެހެނިހެން ރަށްރަށުގެ މުވައްޒަފުން މިވަގުތުވަނީ ރަށު ފެންވަރުގައި ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ތައްޔާރީހާލަތަކަށް ގެނެވިފައި. ރައްޔިތުންނަށް ދިމާވާ މިފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސްޓެލްކޯގެ މުވައްޒަފުން އަބަދުވެސް އުފަލާއިއެކު އެންމެ ކުރީ ސަފުގައި ތިބޭނެކަމުގެ ޔަޤީންކަން އަރުވަން.

- ސްޓެލްކޯ

ދިވެހިރައްޔިތުންނަށް ދިމާވާ މިފަދަ ކަންކަމުގައި ސްޓެލްކޯގެ މުވައްޒަފުން އަބަދުވެސް ދައްކަވަމުން ގެންދަވަނީ ތަޢުރީފު ޙައްޤު، ހިތްވަރާއި ޖޯޝުން ފުރިގެންވާ ނަމޫނާއެއް. ޤައުމީ ރޫޙުގައި މުވައްޒަފުން ކުރައްވަމުން މިގެންދަވާ މަސައްކަތްތަކަށް ފަޚުރުވެރިކަމާއިއެކު ޝުކުރު ދަންނަވަން. ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ މަތިވެރި ރޫޙު ސްޓެލްކޯގެ މުވައްޒަފުންގެ ގައިގައި އަށަގަނެފައިހުރީ ޒަމާނުއްސުރެ ވަރުބަލިކަމެއް އަދި ފޫހިކަމެއްނެތި އިޚުލާސްތެރިކަމާއެކު ރައްޔިތުންނަށް ދެއްވަމުން ގެންދަވާ ޚިދުމަތުގެ ސަބަބުން.

- ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ 

 

މިއަދު އޮންލައިން