މި މަހުގެ 26 ވަނަ ދުވަހާހަމައަށް މަޖިލީހުގެ ދައުރު ދިގުދަންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
މި މަހުގެ 26 ވަނަ ދުވަހާހަމައަށް މަޖިލީހުގެ ދައުރު ދިގުދަންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރު މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް ދިގުދަންމާލުމަށް މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ހުށަހެޅުމަކަށް މެންބަރުން ވޯޓު ދިނުމުންނެވެ.

މިއަދުގެ ޖަލްސާ ފެށުމާއެކު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މި ދައުރު ދަންމާލުމަށް ހުށަހަޅުއްވާފައެވެ. އެއަށްފަހު، މިއަދުގެ ވޯޓުގެ ވަގުތުގައި މި ކަމަށް ނެގުނު ވޯޓުގައި ބައިވެރިވި 80 މެންބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްކޮށްފައިވެއެވެ.

މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން، މި ދައުރު ނިމެން އޮތީ މި މަހުގެ 15 ވަނަ ދުވަހު އަންނަ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް މިއަދުގެ މި ނިންމުމާއެކު، ދައުރު ދިގުދެމިގެންދާނީ މި މަހުގެ 26 ވަނަ ދުވަހާ ހަމައަށެވެ.

މި ނިންމުމުގެ ސަބަބުން، މަޖިލީހަށް އިތުރު 11 ދުވަސް ލިބިގެންދާނެއެވެ. މި މުއްދަތުގައި މަޖިލީހުން އިތުރު މަސައްކަތްތަކެއް ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިއަދު އޮންލައިން