އެކްސްޕެޓް ޚިދުމަތް ހޯދާ ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން، ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓު ޢާއްމު ކުރި ތާރީޚުން ފެށިގެން މިއަދާ ހަމައަށް -/182،954،573ރ (އެއްސަތޭކަ އައްޑިހަ ދެމިލިއަން، ނުވަލައްކަ ފަންސާސް ހަތަރުހާސް ފައްސަތޭކަ ހަތްދިހަ ދެރުފިޔާ) ވަނީ ރިކަވަރ ކުރެވިފައި ކަމަށް މިނިސްޓްރީ އޮފް ހޯމް ލޭންޑް ސެކިޔުރިޓީ އެންޑް ޓެކްނޮލޮޖީން ބުނެފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ އެކިފަރާތްތަކުން (ތަފާތު ދާއިރާތަކުން) 13 ބިލިއަން ރުފިޔާ ދައުލަތަށް ދައްކަންޖެހި ނުދައްކައި އެބަ އޮތް ކަމަށެވެ. އަދި އެފައިސާތައް ހޯދަން މިސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ.