މާލޭގަ ފެންބޮޑުވުމާ ގުޅިގެން ސްޓެލްކޯގެ މުވައްޒިފުން ކުރަމުން ގެންދާ މަސައްކަތްތައް މަޖިލީހުގެ ރައީސް ބައްލަވާ ލައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
މާލޭގަ ފެންބޮޑުވުމާ ގުޅިގެން ސްޓެލްކޯގެ މުވައްޒިފުން ކުރަމުން ގެންދާ މަސައްކަތްތައް މަޖިލީހުގެ ރައީސް ބައްލަވާ ލައްވައިފި

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މާލޭގައި ފެންބޮޑުވެ، ގޭގެއަށް ފެން ވަންނަމުންދާތީ، މިކަން ކޮންޓްރޯލް ކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކުރަމުންދާ މަސައްކަތްތައް ބެއްލެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވަނީ ސްޓެލްކޯއަށް ޒިޔާރަތްކުރައްވާފައެވެ.

މި ދަތުރުގައި މާލޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވުން ކޮންޓްރޯލް ކުރުމަށް ވެލި ބަސްތާ ޖަހަމުންދާ ގޮތާއި، ސްޓެލްކޯގެ އިންޖީނުގޭގެ ޑީވޯޓަރިންގ ނިޒާމު ބޭނުންކޮށްގެން އަމީނީ މަގާއި އެ މަގާ ގުޅިފައިވާ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވިއެވެ.

މި ޒިޔާރަތުގައި މަޖިލީހުގެ ރައީސާއެކު މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރްޔަމް މާރިޔާ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. 

މިއަދު އޮންލައިން