ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ ހޯދަމުންދާ ކުރިއެރުންތަކަށް ބަޙްރެއިންގެ ފަތުރުވެރިކަމާއި ބެހޭ ވަޒީރު ފާތިމާ ބިންތު ޖައްފާރު އަލް ސައިރަފީ އާއި، ތަޢުރީފުކުރައްވައިފިއެވެ.
މިކަމާގުޅިގެން ޚާރިޖީ ވަޒީރު މޫސާ ޒަމީރު ކުރެއްވެވި ޓްވީޓެއްގައި ވިދާޅުވީ ބަޙްރެއިންގެ ފަތުރުވެރިކަމުގެ ވަޒީރު އަދި ބަޙްރެއިން ޓޫރިޒަމް އެންޑް އެގްޒިބިޝަންސް އޮތޯރިޓީގެ ޗެއަރޕަރސަން މިނިސްޓަރ ފާޠިމާ ބިންތު ޖަޢުފަރު އަލްސައިރަފީ އާއެކު ބޭއްވުނު ބައްދަލުވުމެއްގައި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ސާބިތުކަމާއި ވަރުގަދަކަމަށް ތަޢުރީފުކުރައްވާފައިވާ ކަމަށާއި މި ބައްދަލުވުމަކީ ވަރަށް ފައިދާހުރި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރުމުގެ ފުރުޞަތުތަކާއި ދިވެހިރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުޞަތުތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.
މިނިސްޓަރ ފާޠިމާ އަލްސައިރަފީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރެއްވި ތަޢުރީފަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރަމުންދާކަމުގެ ހެއްކެކެވެ. އަދި މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއްކަމަށް ބެލެވެއެވެ.
ޚާރިޖީ ވަޒީރު މޫސާ ޒަމީރު ބަޙްރައިނަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައިވަނީ ބަޙްރައިންގެ އިކޮނޮމިކް ޑިވެލޮޕްމަންޓު ބޯޑުގެ ބޭފުޅުންނާވެސް ބައްދަލުކުރައްވާފައެވެ. އަދި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ ބަޓެލްކޯ ކުންފުނީގެ ސީއީއޯ މައިތަމް ޢަބްދުﷲއާވެސް ވަނީ ބައްދަލުކުރައްވާފައެވެ.
.