ކުޅިވަރުގެ މަޝްރޫއުތައް ކުރިއަށްގެންދާނީ ވަކި ރަށެއް ވަކި ސަރަހައްދެއް ތަފާތު ކުރުމެއްނެތި: ކުޅިވަރާބެހޭ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ކުޅިވަރުގެ މަޝްރޫއުތައް ކުރިއަށްގެންދާނީ ވަކި ރަށެއް ވަކި ސަރަހައްދެއް ތަފާތު ކުރުމެއްނެތި: ކުޅިވަރާބެހޭ ވަޒީރު

ރާއްޖޭގައި ކުޅިވަރުގެ މަޝްރޫއުތައް ކުރިއަށްގެންދާނީ ވަކި ރަށެއް ވަކި ސަރަހައްދެއް ތަފާތު ކުރުމެއްނެތި ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ ކުޅިވަރަކީ އެންމެން އެއްބައިވަންތަ ކުރާ އެއްޗެއް ކަމަށާއި ސަރުކާރުންވެސް އަމަލުކުރާނީ ކުޅިވަރުގެ ރޫހާ އެއްގޮތަށް ކަމަށެވެ. ރާއްޖޭގެ ވަކި ރަށެއް ވަކި ސަރަހައްދެއް ތަފާތު ކުރުމެއްނެތި ކުޅިވަރުގެ މަޝްރޫއުތައް ކުރިއަށްގެންދަވާނެކަމުގެ ޔަޤީންކަން ދެއްވަމުން ވަޒީރު ވަނީ އެކަމުގައި ގޮންޖެހުންތަކެއްވެސް ހުރިކަން ފާހަގަކުރައްވާފައެވެ.

"ވަރަށް ބައިވަރު ޕްރޮޖެކްޓުތައް އެބަހުރި. މުޅި ހުރިހާ ޕްރޮޖެކްޓެއް އެއްކޮށްލީމަ ދެ އަހަރުގެ ބަޖެޓަށްވުރެ ބޮޑު. އެހެންވެ ޕްރައޮރަޓައިޒްކޮށްގެން އެ ރަށަކުން އެންމެ ބޭނުންވާ އެންމެ މުހިންމު އެއްކަމެއް ދެކަމެއް ބަޖެޓް ކުރެވިފައި އޮތްކަމުގައިވިޔަސް އަޅުގަނޑުމެން ކައުންސިލާ ވާހަކަދައްކައިގެން ކުރިއަށްގެންދަން ގަސްތުކޮށްފައި އޮތީ،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ މިނިސްޓްރީގެ އުއްމީދަކީ ތިންވަނަ ނުވަތަ ހަތަރުވަނަ ކުއާޓަރގައި ގިނަ ޕްރޮޖެކްތުތައް އިލާންކޮށްގެން ކުރިއަށްގެންދިއުން ކަމަށެވެ. މިގޮތުން ކުޅިވަރުގެ މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި ކައުންސިލްތަކާ މަޝްވަރާކުރައްވައިގެން ކުރިއަށްގެންދަވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން