ފެނާއި ނަރުދަމާ ދާއިރާ ތަރައްޤީކުރުމަށް ރާއްޖެއާއި ތުރުކީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ފެނާއި ނަރުދަމާ ދާއިރާ ތަރައްޤީކުރުމަށް ރާއްޖެއާއި ތުރުކީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ފެނާއި ނަރުދަމާ ދާއިރާ ތަރައްޤީކުރުމަށްޓަކައި އެ ވުޒާރާއާއި ތުރުކީގެ އިސްތަންބޫލް ވޯޓަރ އެންޑް ސުވަރެޖް އެޑްމިނިސްޓްރޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމެވެ. އަދި ތުރުކީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިސްތަންބޫލް ވޯޓަރ އެންޑް ސުވަރެޖް އެޑްމިނިސްޓްރޭޝަންގެ ޑެޕިއުޓީ ޖެނެރަލް ޑިރެކްޓަރެވެ.

ވުޒާރާއިން ބުނާ ގޮތުގައި މި އެއްބަސްވުމަކީ ފެނާއި ނަރުދަމާ ދާއިރާ ތަރައްޤީކުރުމަށްޓަކައި ބޭނުންވާ ފަންނީ ތަޖުރިބާ ދެ ޤައުމު ދެމެދުގައި ބަދަލުކުރުމާއި، މި ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމަށްޓަކައި ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވެވުނު އެއްބަސްވުމެކެވެ.

އަދި މި ފަހުމުނާމާގެ ސަބަބުން ފެނާއި ނަރުދަމާ ދާއިރާ ތަރައްޤީކުރުމަށްޓަކައި ދެ ޤައުމު ދެމެދުގައި ގިނަ މަސައްކަތްތަކެއް ކުރެވޭނެކަމަށް ޤަބޫލުކުރެވޭކަމަށް ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ފެނާއި ނަރުދަމާ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބި، މި ދާއިރާގައި މަސައްކަތްކުރާ ފަންނީ މީހުންނަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން