ރަޝިޔާގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 59ސ
ރަޝިޔާގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށްފި

ޚާރިޖީ ވުޒާރާއިން ރަޝިޔާގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

މިހާރު ހިނގަމުންދާ ޔޫކްރެއިން-ރަޝިޔާ ހަނގުރާމައާ ގުޅިގެން، ރަޝިޔާގެ ކަރސްކް ސަރަޙައްދަށް ނުރައްކާގެ ޙާލަތު އޮތުމުން، މި އިލްތިމާސް ކޮށްފައިވަނީ އެ ސަރަޙައްދުގައި ދިރިއުޅޭ އަދި ދަތުރުފަތުރު ކުރާ އެންމެހައި ދިވެހި ރައްޔިތުންނަށެވެ.

ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ، މިނިސްޓްރީ އާއި ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ކަރސްކް ސަރަހައްދުގައި ތިބި ދިވެހި ކިޔަވާ ކުދިންގެ ހާލު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި މިދަނޑިވަޅުގައި، އެ ސަރަޙައްދުގައި ދިރިއުޅުއްވާ އަދި ދަތުރުފަތުރު ކުރައްވާ އެންމެހައި ދިވެހި ރައްޔިތުން އަމިއްލަ ރައްކާތެރިކަމާއި ސަލާމަތްތެރިކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވުމަށް އިލްތިމާސްކޮށްފައިވެއެވެ.

ރަޝިޔާގެ ކަރސްކްގައި އޮތް ނުރައްކާގެ ހާލަތާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާ ގުޅުމަށް ޚާރިޖީ ވުޒާރާއިން އިރުޝާދު ދީފައިވެއެވެ. އަދި އެމްބަސީއާ ގުޅޭނެ މަޢުލޫމާތު ވެސް ހިއްސާކޮށްފައިވާކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން