ވ. އަތޮޅާއި، މ. އަތޮޅުގެ އިމާމުން ތާޒާކުރުމުގެ ޕްރޮގްރާމް ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު ފެށި މި ޕްރޮގްރާމުގައި އެ 2 އަތޮޅުގެ 49 އިމާމުން ބައިވެރިވާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ހުރިހައި އިމާމުން ތާޒާކުރުމަށް މިއަހަރު ފަށާފައިވާ ޤައުމީފެންވަރުގެ މަޝްރޫގެ ބައެއް ކަމަށެވެ.

ނިޕްރޮގްރާމްގެ ތެރެއިން މިހާތަނަށް 100 އަށް ވުރެ ގިނަ އިމާމުން ތާޒާކުރެވިފައިވާ ކަމަށާއި އިންޝާ ﷲ މިއަހަރު ނިމުމުގެ ކުރިން ހުރިހާ އިމާމުން ތާޒާކޮށް ނިމޭނެ ކަމަށްވެސް އެމިނިސްޓްރީން ބުނެފައިވެއެވެ.