ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

މިއަދު
ކިޔުމަށް ހޭދަވާނީ 50ސ
ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

މޫސުމާބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މިކަމާގުޅިގެން މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ނެރުނު ރީނދޫ ސަމާލެއްގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވައިގަދަވާނެ ކަމަށާއި ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ވައި ގަދަވާނެ ކަމަށް ވަނީ ބުނެފައެވެ.

މޫސުމާބެހޭ އިދާރާއިން މައުލޫމާތު ދެއްވިގޮތުގައި މި ސަރަހައްދުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލުގެ ބާރުމިނަށް ވައި ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން ކަނޑުތައްވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ އަންގާފައެވެ.

މި ރީނދޫ ސަމާލު ފުރަތަމަ ނެރުނީ މިއަދު ހެނދުނު 10:00 ގައި އ.ދ އަތޮޅާ ހަމައަށެވެ. ނަމަވެސް އޭގެ ފަހުން ދ. އަތޮޅާ ހަމައަށް ސަމާލު އިތުރުކޮށް، މިރޭ ދަންވަރު 2:00 އާ ހަމައަށް ސަމާލުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.

މި ދުވަސްވަރު ކަނޑު ދަތުރުފަތުރު ކުރާއިރު ފަރުވާތެރިވުމަށާއި، މޫސުމަށް އަންނަ ބަދަލުތަކަށް ސަމާލުވެ ތިބުމަށް ވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަދު އޮންލައިން