ތިބާ ލޯބި ބޭނުންވެގެން ތިއައުޅޭ އެންމެންގެ ކިބައިން ލޯބި ލިބޭނެކަން ޔަޤީން މަގު މިއޮތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ތިބާ ލޯބި ބޭނުންވެގެން ތިއައުޅޭ އެންމެންގެ ކިބައިން ލޯބި ލިބޭނެކަން ޔަޤީން މަގު މިއޮތީ!

ލޯތްބަކީ ފުރާނައިގެ ކާނާއެވެ! އިންސާނުންނަށް ހިތްހަމަޖެހުން ލިބުން ވަނީ އެމީހަކަށް އެހެން މީހުންގެ ލޯބި ލިބުނުވަރަކުންނެވެ. ޚާއްޞަކޮށް އެމީހެއްގެ ޢާއިލާގެ ލޯތްބެވެ. އަނބިން، ފިރިން، ދަރިންގެ ލޯތްބެވެ. ވަޒީފާ އަދާކުރާނަމަ ވެރިމީހާގެ ލޯތްބެވެ. އެކުގައި މަސައްކަތްކުރާ މުވައްޒިފުންގެ ލޯތްބެވެ. މިހެންގޮސް ޖުމުލަކޮށް ބުނާނަމަ އެންމެންގެ ލޯތްބެވެ. 

އަނބިމީހާގެ ނަމަވެސް ފިރިމީހާގެ ނަމަވެސް އަދި ޢާއިލާ އާއި ދަރިންގެ ނަމަވެސް އަދި ޢާންމުކޮށް އެންމެންގެވެސް ލޯބި ނުލިބުމަކީ އެންމެ ގިނަ ބައަކު އެންމެ ބޮޑަށް ކަންބޮޑުވާ ކަންތަކެވެ. އަދި އެންމެ ގިނަ ބައަކު އެންމެ ބޮޑަށް މާޔޫސްވާ ކަންތައް ކަމަށްވެސް އޮންނަނީވެފައެވެ. އެއީ އެކަންވާނެވެސް ގޮތެވެ.

މީސްތަކުންނޭވެ! ކޮންމެ މީހެއްގެ ކިބައިން ކަމަށްވީ ނަމަވެސް ލޯބި ހޯދަން އެދޭނަމަ ހެޔޮ ޢަމަލުތައް ކުރުން ގިނަކުރާށެވެ! ﷲ ތައާލާގެ ލޯބިވެވޮޑިގަތުން ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ! 

އަދި ބުނަން ހެއްޔެވެ؟ މީހަކަށް އާދޭސްކޮށް އަޅުވެތިވެގެން ހޯދާ ލޯބި ހަމަ އިސާހިތަކު ގެއްލިގެންވެސް ހިނގައިދާނެއެވެ! ނަމަވެސް އެމީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިފައިވާ މީހަކަށް އެއްވެސް މީހެއްގެ ނުވަތަ އެއްވެސް ބައެއްގެ ވިޔަސް ލޯބި ގެއްލިގެން އެއްވެސް ވަރަކަށް މާޔޫސްވާކަށް ނުޖެހޭނެއެވެ! 

ވީމާ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ވީހައި ބޮޑުވޭތޯ ގަދައަޅައި މަސައްކަތްކުރުމާއިއެކު ދުޢާކުރުން އިތުރުކުރާށެވެ! ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބުމުން އެހެން އެންމެންގެ ލޯބި ލިބިގެންދާނެތީއެވެ! އެހެން މީހެއްގެ ނުވަތަ އެހެން ބައެއްގެ ލޯބި ނުލިބިގެން މާޔޫސްވާން  ނުޖެހޭނެތީއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން