މީހަކު ދެކެ ކިތަންމެ ރުޅިއަޔަސް ޒިނޭގެ ތުހުމަތު ނާޅުވާށެވެ! އެއީ ހެކިބަސް ޤަބޫލުނުކުރެވޭނެ އަދި ޙައްދު ވާޖިބުވާކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
މީހަކު ދެކެ ކިތަންމެ ރުޅިއަޔަސް ޒިނޭގެ ތުހުމަތު ނާޅުވާށެވެ! އެއީ ހެކިބަސް ޤަބޫލުނުކުރެވޭނެ އަދި ޙައްދު ވާޖިބުވާކަމެއް!

މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވައިފިނަމަ ހަތަރު ހެކި ގެންނަން ޖެހޭނެއެވެ. ނުގެނެސްފިނަމަ ޤަޛްފުގެ ޙައްދު (އަށްޑިހަ އެތިފަހަރު) ޖަހަން ޖެހޭނެއެވެ. އަދި އެމީހަކީ ފާސިޤެއްކަމަށް ބަލައި އެމީހެއްގެ ހެކިބަސް ގަބޫލު ނުކުރެވޭނނެއެވެ. 

އަންނޫރު ސޫރަތުގެ 4 ވަނަ އާޔަތުގައިވަނީ މިފަދައިންނެވެ. 

"ޢިއްފަތްތެރި އަންހެނުންނަށް ޤަޛްފްކުރާމީހުން (އެކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައިނަމަ، ފަހެ، އެއުރެންގެގައިގައި އަށްޑިހަ އެތިފަހަރުން (ޙައްދު) ޖަހާށެވެ! އަދި ދުވަހަކުވެސް އެއުރެންގެ ހެކިބަހެއް ތިޔަބައިމީހުން ޤަބޫލު ނުކުރާށެވެ! އަދި އެއުރެންނީ، ހަމަ، ފާސިޤުންނެވެ." (އަންނޫރު: 4) 

ﷲ ތަޢާލާގެ ޙުކުމްފުޅުގައި އޮތީ މިފަދައިން ނަމަވެސް މީހަކުދެކެ ރުޅިއަންނައިރަށް އެމީހެއްގެ ބޮލުގައި ކަންކަން އަޅުވަމުން ގޮސް ޒިނޭކުރިކަމުގެ ތުހުމަތުވެސް އެބަ އަޅުވައެވެ. މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. 

އެންމެ ދެރަކަމަކީ ގިނަ ފަހަރަށް މިފަދަ ތުހުމަތުތައް އަޅުވަނީ އެކުވެރިންގެ ގޮތުގައި އުޅެފައިކަމެވެ. އަނބިން ފިރިންގެ ބޮލުގައި އަދި އަނބިން ފިރިންގެ ބޮލުގައިވެސް މިފަދަ ތުހުމަތުތައް އަޅުވާކަމެވެ. މިއީ އިޞްލާޙްކުރަންޖެހިފައިވާ ކަމެކެވެ.

މިއަދު އޮންލައިން