ޖިބްރީލުގެފާނު ވާހަކަ- 1

ކިޔުމަށް ހޭދަވާނީ 4މ 51ސ
ޖިބްރީލުގެފާނު ވާހަކަ- 1

ޢަލީ އިޙްޞާން ފިރާޤް

 

ޖިބްރީލުގެފާނާއި މަލާއިކަތުންގެ ތެރެއިން އެންމެ މަޝްހޫރު އެއްމަލާއިކަތާއެވެ. ޖިބްރީލުގެފާނުގެ ވާހަކަ ބަޤަރާ ސޫރަތުގެ 97 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ލަފްޒުތަކުންނެވެ. 

قُلْ مَن كَانَ عَدُوًّا لِّجِبْرِيلَ فَإِنَّهُ نَزَّلَهُ عَلَىٰ قَلْبِكَ بِإِذْنِ اللَّهِ مُصَدِّقًا لِّمَا بَيْنَ يَدَيْهِ وَهُدًى وَبُشْرَىٰ لِلْمُؤْمِنِينَ ﴿٩٧﴾

މާނައީ: [ކަލޭގެފާނު ވިދާޅުވާށެވެ! جبريل ގެފާނަށް عداوة ތެރިޔަކު ކަމުގައިވާ މީހަކީ، (اللَّه އަށް عداوة ތެރިޔަކު ކަމުގައިވާ މީހެކެވެ.) އެހެނީ އެކަލޭގެފާނުން، ކަލޭގެފާނުގެ ހިތްޕުޅުގެ މައްޗަށް އެ قرآن ގެނެސްދެއްވީ، اللَّه ގެ إذن ފުޅަށެވެ. އޭގެ ކުރިން ބާވައިލެއްވި ފޮތްތައް ތެދުކުރާ حال ގައެވެ. مؤمن ތަކުންނަށް ތެދުމަގެއް ކަމުގައްޔާއި، އުފާވެރި خبر އެއް ކަމުގައެވެ] 

ޖިބްރީލުގެފާނުގެ ނަންފުޅު ޤުރްއާނުގެ ތިންތަނެއްގައި ބަޔާން ކުރައްވައިފައިވެއެވެ. އެއީ އިސްވެދެންނެވި ބަޤަރާ ސޫރަތުގެ 97 ވަނަ އާޔަތާއި ހަމައެސޫރަތުގެ 98 ވަނަ އާޔަތާއި ތަޙްރީމު ސޫރަތުގެ ހަތަރުވަނަ އާޔަތުގައެވެ. ބަޤަރާ ސޫރަތުގެ 98  ވަނަ އާޔަތުގައި ޖިބްރީލުގެފާނުގެ ވާހަކަ ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. 

مَن كَانَ عَدُوًّا لِّلَّهِ وَمَلَائِكَتِهِ وَرُسُلِهِ وَجِبْرِيلَ وَمِيكَالَ فَإِنَّ اللَّهَ عَدُوٌّ لِّلْكَافِرِينَ ﴿٩٨﴾‏

"اللَّه އާއި އެކަލާނގެ ملائكة ންނާއި، އެކަލާނގެ رسول ންނާއި، جبريل ގެފާނާއި، ميكائيل ގެފާނަށް عداوة ތެރިޔަކު ކަމުގައިވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، كافر ންނަށް عداوة ތެރިވެވޮޑިގެންވާ ރަސްކަލާނގެއެވެ." 

ތަޙްރީމު ސޫރަތުގެ ހަތަރުވަނަ އާޔަތުގައި ޖިބްރީލުގެފާނުގެ ނަންފުޅު ގެންނަވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.

إِن تَتُوبَا إِلَى اللَّهِ فَقَدْ صَغَتْ قُلُوبُكُمَا ۖ وَإِن تَظَاهَرَا عَلَيْهِ فَإِنَّ اللَّهَ هُوَ مَوْلَاهُ وَجِبْرِيلُ وَصَالِحُ الْمُؤْمِنِينَ ۖ وَالْمَلَائِكَةُ بَعْدَ ذَٰلِكَ ظَهِيرٌ ﴿٤﴾

"ތިޔަ ދެބޭކަނބަލުން اللَّه އަށް توبة ވާނަމަ (އެގޮތް ތިޔަ ދެބޭކަނބަލުންނަށް ހެޔޮކަން ބޮޑެވެ.) ފަހެ، ތިޔަ ދެބޭކަނބަލުންގެ ހިތްޕުޅު (رسول އާ އެދިވަޑައިގަންނަވާ ކަންތަކުން) އެއްކިބާވެއްޖެކަން ކަށަވަރެވެ. އަދި ތިޔަ ދެބޭކަނބަލުން އެކަލޭގެފާނާ ދެކޮޅަށް އެކަކު އަނެކަކަށް ވާގިވެރިވާނަމަ، ފަހެ، ހަމަކަށަވަރުން، اللَّه އީ، އެކަލޭގެފާނުގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. އަދި جبريل ގެފާނާއި، صالح مؤمن ންވެސްމެއެވެ. އަދި އެއަށްފަހު، ملائكة ންވެސް، އެކަލޭގެފާނުގެ އެހީތެރިން ކަމުގައިވެއެވެ."

 

- އަދި ނުނިމޭ

 

މިއަދު އޮންލައިން