އާސަންދަ ނިޒާމަށް ބަދަލުގެނައި ނަމަވެސް ރައްޔިތުންނަށް ދަތިވާނެ ގޮތަކަށް އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ: މާލީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
އާސަންދަ ނިޒާމަށް ބަދަލުގެނައި ނަމަވެސް ރައްޔިތުންނަށް ދަތިވާނެ ގޮތަކަށް އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ: މާލީ ވަޒީރު

އާސަންދަ ނިޒާމް ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައި ނަމަވެސް ރައްޔިތުންނަށް ދަތިވާނެ ގޮތަކަށް އެއްވެސް ކަމެއް ސަރުކާރުން ނުކުރައްވާނެކަމަށް މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އާސަންދަ ނިޒާމަށް ގެންނަ ބަދަލުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މާލީ ވަޒީރު ވިދާޅުވީ، އާސަންދަ ނިޒާމް ހަރުދަނާކުރުމަށް މިހާރު އެކުލަވާލެވިފައިވާ ޕްލޭނުގެ ތަންފީޒީ މަރުޙަލާ އޮކްޓޯބަރު މަހު ފެށިގެންދާނެ ކަމަށެވެ. ނަމަވެސް އާސަންދަ ނިޒާމަކީ ރައްޔިތުންނާ ސީދާ ގުޅުންހުރި ނިޒާމަކަށްވާއިރު، ރައްޔިތުންނަށް ދަތިވާނެ ގޮތަކަށް އެއްވެސް ކަމެއް ސަރުކާރުން ނުކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އާސަންދަ ނިޒާމަށް ގެނެވޭ ބަދަލަކީ ރައްޔިތުންނާ މަޝްވަރާކުރެވި، ރަނގަޅަށް މުވާސަލާތުކުރެވިގެން ގެނެވޭ ބަދަލަކަށް ވާނެކަމަށެވެ. މިގޮތުން، އާސަންދަ ނިޒާމް ހަރުދަނާކުރުމަށް މިހާރު ރޭވިފައިވާ ކަންކަމާ ގުޅޭ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ޙަޤީޤަތުގައި ކޮންމެހެން ކުރަން ނުޖެހޭ އޮޕަރޭޝަންތައްވެސް ކުރެވިފައިވާކަން ފާހަގަކުރެވޭ. މިއީ ވަރަށް ސީރިއަސްކޮށް ވިސްނަންޖެހޭ މައްސަލައެއް. މިފަދަ އޮޕަރޭޝަންތަކުގެ ސަބަބުން ޚަރަދުތައް އިތުރުވުމުގެ އިތުރުން، ބަލިމީހާއަށްވެސް ނުރައްކާތެރި ހާލަތްތަކާ ކުރިމަތިލާން ޖެހިދާނެ" ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން