ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތަށް މަސްތުވާތަކެތީގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ސަރުކާރުން ނިންމައިފިއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ މަސްތުވާތަކެތީގެ ޤާނޫނަށް ގެންނަން ހުށަހަޅާފައިވާ އިޞްލާޙުތަކުގެ ޑްރާފްޓް ބިލް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފައެވެ. މި އިޞްލާޙުގެ ދަށުން، 500 ގްރާމަށްވުރެ ގިނައިން މަސްތުވާތަކެތި އެތެރެކޮށްފި ނަމަ މަރުގެ އަދަބު ދެވޭނެއެވެ. މިގޮތުން 139 ބާވަތެއްގެ މަސްތުވާތަކެތި ޑްރާފްޓް ބިލުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވެއެވެ.
މިއީ ރާއްޖޭގައި މަރުގެ މައްސަލަތައް ފިޔަވައި އެހެން މައްސަލައެއްގައި މަރުގެ އަދަބު ދިނުމަށް ހުށަހެޅި ފުރަތަމަ ފަހަރެވެ. މިހާތަނަށް ރާއްޖޭގައި މަރުގެ އަދަބު ކަނޑައަޅާފައި އޮންނަނީ ހަމައެކަނި މަރުގެ މައްސަލަތަކަށެވެ.
މި އިޞްލާޙު ފާސްވެއްޖެނަމަ، މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ސަރުކާރުން އަޅާ އެންމެ ހަރުކަށި ފިޔަވަޅަކަށް ވެގެންދާނެއެވެ. ނަމަވެސް މި އިޞްލާޙާ ގުޅޭގޮތުން އަދި ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމާފައެއް ނުވެއެވެ.