ރާއްޖެ އައި ނެދަލޭންޑްގެ ރައްޔިތެއްގެ ލަގެޖުން 6 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެވިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
ރާއްޖެ އައި ނެދަލޭންޑްގެ ރައްޔިތެއްގެ ލަގެޖުން 6 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެވިއްޖެ

ވައިގެ މަގުން ރާއްޖެ އައި ނެދަލޭންޑްގެ ރައްޔިތެއްގެ ލަގެޖުން 6 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން މައުލޫމާތު ދީފައިވާ ގޮތުގައި މިތަކެތި އަތުލައިގަނެފައިވަނީ 2024 އޮގަސްޓް 11 ވަނަ ދުވަހު، ޤަތަރުގެ ދޯހާއިން ރާއްޖެއައި ނެދަލޭންޑްގެ 30 އަހަރުގެ ފިރިހެން ފަސިންޖަރެއްގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައެވެ. މިގޮތުން އެފަސިންޖަރުގެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެތިނޯންއަށް ވަނީ ޕޮޒިޓިވް ވެފައެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 6.070 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ 9,105,000.00 (ނުވަ މިލިއަން އެއް ލައްކަ ފަސް ހާސް) ދިވެހި ރުފިޔާކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

މި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ފަސިންޖަރު މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކުރެވިފައިވާ ކަމަށްވެސް ކަސްޓަމްސްއިން މައުލޫމާތު ދީފައިވެއެވެ.

މިއަދު އޮންލައިން