މަތީ ތަޢުލީމު ހާޞިލިކުރުމަށް ލިބޭ މި ފުރުސަތަކީ ރާއްޖޭގެ އިޖުތިމާއީ އަދި އިޤްތިސާދީ ތަރައްޤީއަށް ލިބޭ ކުރިއެރުމެއް: ޖަޕާނުގެ ސަފީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
މަތީ ތަޢުލީމު ހާޞިލިކުރުމަށް ލިބޭ މި ފުރުސަތަކީ ރާއްޖޭގެ އިޖުތިމާއީ އަދި އިޤްތިސާދީ ތަރައްޤީއަށް ލިބޭ ކުރިއެރުމެއް: ޖަޕާނުގެ ސަފީރު

"ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް "ސްކޮލަޝިޕްގެ ދަށުން މަތީ ތަޢުލީމު ހާޞިލިކުރުމަށް ލިބޭ މި ފުރުސަތަކީ ދިވެހިރާއްޖޭގެ އިޖުތިމާއީ އަދި އިޤްތިސާދީ ތަރައްޤީއަށް ލިބޭ ކުރިއެރުމެއްކަމަށް ދިވެހިރާއްޖެ އިން ޖަޕާނަށް ކަނޑއަޅުއްވާފައިވާ ސަފީރު، ހާރ އެކްސެލްންސީ، މިޑޯރީ ޓަކޭޗީ ވަނީ ވިދާޅުވެފައެވެ.

ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން (ޖޭއައިސީއޭ)ގެ ފަރާތުން ކުރިއަށް ގެންދާ މި ސްކޮލަޝިޕް ޕްރޮޖެކްޓްގައި، ވޭތުވެދިޔަ 4 އަހަރު ތެރޭގައި ދިވެހިރާއްޖޭގެ ސަރުކާރަށް ޙިދުމަތްކުރާ އެތާ ބޭފުޅުންނެއް ބައިވެރިވެފައިވާކަން ޖަޕާނުގެ ސަފީރު ވަނީ ފާހަގަކުރައްވާފައެވެ.

އެކަމަނާ ވިދާޅުވީ މި ސްކޮލަޝިޕްގެ ދަށުން ކިޔަވާ ދަރިވަރުން، ޖަޕާނުގައި މަތީ ތަޢުލީމު ހާޞިލުކުރުމުގެ އިތުރުން ޢަމަލީގޮތުން ތަމްރީނުވެ، ހިންގުންތެރި ވެރިންނަށް ވެގެންދާނެކަމަށެވެ.

"މި ސްކޮލަޝިޕްގެ ދަށުން މަތީ ތަޢުލީމު ހާޞިލިކުރުމަށް ލިބޭ މި ފުރުސަތަކީ ދިވެހިރާއްޖޭގެ އިޖުތިމާއީ އަދި އިޤްތިސާދީ ތަރައްޤީއަށް ލިބޭ ކުރިއެރުމެއް" ޖަޕާނުގެ ސަފީރު: ހާރ އެކްސެލެންސީ މިޑޯރީ ޓަކޭޗާ

ސަފީރުގެ ވާހަކަފުޅު ނިންމާލައްވަމުން ވިދާލުވީ، މިފަދަ އެއްބަސްވުންތަކަކީ ދިވެހިރާއްޖެއާއި ޖަޕާނުގެ ސަރުކާރާއި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާ އެއްބަސްވުންތަކެއް ކަމަށެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން