ހުޅުމާލޭގައި 4000 އުޅަނދު ޕާކްކުރެވޭ 15 ޕާކިންގ އިމާރާތް އަޅަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ހުޅުމާލޭގައި 4000 އުޅަނދު ޕާކްކުރެވޭ 15 ޕާކިންގ އިމާރާތް އަޅަނީ

ހުޅުމާލޭގައި 4000 އުޅަނދު ޕާކްކުރެވޭ ގޮތަށް 15 ޕާކިންގ އިމާރާތް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިންގގެ މައްސަލަ ހައްލުކުރުމަށް ހުޅުމާލޭގެ ތަރައްޤީގެ ޕްލޭންގެ ދަށުން މި މަޝްރޫޢު ކުރިއަށް ގެންދާ ކަމަށް ފަޒުލް ވިދާޅުވިއެވެ. މި 15 އިމާރާތާ އެކު ޖުމްލަ 4000 އުޅަނދު ޕާކުކުރެވޭނެ ޖާގަ ތަނަވަސްވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޕާކިންގ އިމާރާތްތައް އަޅުގަނޑުމެން އަޅަނީ ވިޔަފާރި އުސޫލުން. 3 މަސް ދުވަހުގެ ތެރޭގައި މި މަޝްރޫޢު އިޢުލާންކުރާނަން. އަޅުގަނޑުމެންގެ އަމާޒަކީ ހުޅުމާލެ އަދި މާލޭގެ މަގުތަކުގައި ތޮށްޖެހޭ މައްސަލަ ހައްލުކުރުން. މި އިމާރާތްތަކާއެކު ހަމަގައިމުވެސް ހުޅުމާލޭގެ ޕާކިންގގެ މައްސަލައަށް ދާއިމީ ހައްލެއް އަންނާނެ،" ފަޒުލް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ އަމާޒަކީ 15 ޕާކިންގ އިމާރާތުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުން ކަމަށް ފަޒުލް ވިދާޅުވިއެވެ. އެގޮތުން 2 އަހަރާއި 3 އަހަރާ ދެމެދުގެ މުއްދަތެއްގައި މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ސަބަބުން މާލެ ސަރަހައްދުގައި ދިމާވެފައިވާ ޕާކިންގގެ މައްސަލައަށް ހައްލެއް ލިބި، މަގުތަކުގައި ތޮށްޖެހޭ މިންވަރު މަދުވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

މިއަދު އޮންލައިން