ކޮރެއާގެ ލިބަރޭޝަންޑޭގެ ތަހުނިޔާ އެޤައުމުގެ ރައީސާއި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 37ސ
ކޮރެއާގެ ލިބަރޭޝަންޑޭގެ ތަހުނިޔާ އެޤައުމުގެ ރައީސާއި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮރެއާގެ ލިބަރޭޝަންޑޭގެ ތަހުނިޔާއާއި ހެޔޮއެދުންތައް އެޤައުމުގެ ރައީސް ހިޒް އެކްސެލެންސީ ޔޫން ސުކް ޔޯލްއަށާއި، ކޮރެއާގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ހާން ޑަކް-ސޯއަށް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކޮރެއާގެ ރައީސަށާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުއްވި މެސެޖުގައި މިއަދު ފާހަގަކުރަމުންދާ ލިބަރޭޝަންޑޭއަކީ އާ އުއްމީދަކާއި އިތުރު ކުރިއެރުމެއް ލިބިގެންދާނެ ދުވަހެއް ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން ކޮރެއާގެ ރައީސާއި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ކޮރެއާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން ލިބިގެންދިއުމަށް އެދިވަޑައިގަންނަވާފައިވެއެވެ.

މިއަދު އޮންލައިން