ލިކްޓެންސްޓައިންގެ ޤައުމީ ދުވަހުގެ ތަހުނިޔާ އެޤައުމުގެ ވެރިކަންކުރައްވާ އަމީރު އަދި އެޤައުމުގެ ބޮޑުވަޒީރަށް ރައީސް ޑރ.މުޢިއްޒު ފޮނުއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 40ސ
ލިކްޓެންސްޓައިންގެ ޤައުމީ ދުވަހުގެ ތަހުނިޔާ އެޤައުމުގެ ވެރިކަންކުރައްވާ އަމީރު އަދި އެޤައުމުގެ ބޮޑުވަޒީރަށް ރައީސް ޑރ.މުޢިއްޒު ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ލިކްޓެންސްޓައިންގެ ޤައުމީ ދުވަހުގެ މުނާޞަބަތުގައި އެޤައުމުގެ ވެރިކަންކުރައްވާ އަމީރު، ހާންސް-އެޑަމް 2 އަދި އެޤައުމުގެ ބޮޑުވަޒީރު، މިނިސްޓަރ ފޮރ ޖެނެރަލް ގަވަރމަންޓް އެފެއާޒް އަދި މިނިސްޓަރ ފޮރ ފިނޭންސް އެންޑް ޕްރިންސިޕަލިޓީ އޮފް ލިކްޓެންސްޓައިން ލިކްޓެންސްޓައިން ޑެނިއަލް ރީޝް އަށް ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވީ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދެ ބޭފުޅުންނަށް ފުރިހަމަ ޞިއްޙަތަކަށް އެދިވަޑައިގެންފައިވެއެވެ. އަދި އެޤައުމުގެ ރައްޔިތުންނަށް އިތުރުކުރިއެރުމާ ފާހަގަތިކަމަށް އެދިވަޑައިގަންނަވާފައި ވެއެވެ.

 

މިއަދު އޮންލައިން