އޭނާއަށް ކުރިން ލިބިފައި ތިބި ދަރިން ލޯބިން ނުބެލޭނެ ނަމަ ދަރިން ތިބި އަންހެނަކާ ކައިވެނި ނުކުރާށެވެ! ކައިވެނިކޮށްފަ އެދަރިން ނިކަމެތިކުރުމަކީ ދެވޭ އަނިޔާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
އޭނާއަށް ކުރިން ލިބިފައި ތިބި ދަރިން ލޯބިން ނުބެލޭނެ ނަމަ ދަރިން ތިބި އަންހެނަކާ ކައިވެނި ނުކުރާށެވެ! ކައިވެނިކޮށްފަ އެދަރިން ނިކަމެތިކުރުމަކީ ދެވޭ އަނިޔާއެއް!

މިހާރަކަށް އައިސް ދަރިންތިބި އަންހެނުންނާއި ކައިވެނިކުރުމަށްފަހު އެދަރިން ބެލުމަކީ ބުރައަކަށްވެގެން އެބަ ޝަކުވާތައް ކުރެއެވެ. އެދަރިންނަށް ހިތްބުރަކުރަމުންގޮސް އެންމެފަހުން ކައިވެނި ރޫޅައިލާ ހިސާބަށްވެސް ކަންކަން އެބަދެއެވެ.  

މިއީ ވަރަށް ދެރަވަރު ކަންކަމެވެ. އެތައް ކުދިންނެއްގެ ނުވަތަ އެންމެ ދަރިއެއްގެ ނަމަވެސް މަންމައަކާއި ކައިވެނިކުރަންވާނީ ވަރަށް ބޮޑަށް ވިސްނައިފައެވެ. ހަމައެކަނި އެ އަންހެންމީހާ އާއިމެދު ވިސްނައިގެން ނުފުދޭނެއެވެ. އޭނާގެ ދަރިންނާއިމެދުގައިވެސް ވިސްނަންވާނެއެވެ. އެދަރިންގެ ޒިންމާ ތިމާއަށް އުފުލޭނެކަން ޔަޤީންކުރަންވާނެއެވެ. އެއީ ކައިވެނީގެ ކުރިން ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ.  

ވީމާ ދަރިން ތިބި އަންހެނަކާއި ކައިވެނިކުރަންވާނީ އޭނާގެ ދަރިންނަކީ ތިމާ މިޙަވާލުވާ ޒިންމާތަކުގެ ބައެއް ކަމަށް ހިތުގެ އަޑިން ޤަބޫލުކުރާ ނަމައެވެ. އެކަން ޤަބޫލުކޮށް އެގޮތަށް އަމަލުކުރާ ދޮންބައްޕައިންނަށް ﷲ ދެއްވަވާ ޢިނާޔަތްތައް އިތުރުކޮށްދެއްވަވާނެތެވެ! އިން ޝާ ﷲ 

ވީމާ ދަރިން ތިބި އަންހެނަކާ ކައިވެނިކުރަންވާނީ އޭނާގެ ދަރިން ލޯބިން ބެލޭނެ ނަމައެވެ! އެކަން ނުކުރެވޭނެ އެކައިވެނި ކުރުމުގެ ބޭނުމެއް ނެތެވެ. ދެމަފިރިން އެކުގައި ތިބޭ ވަގުތުތަކުގައި ދަރިން ރޯއަޑު އިވޭނެއެވެ. އުނދަގޫވެސް ކުރާނެއެވެ. ކަންކަމުވެސް ކިޔާނެއެވެ. އެކަންކަމަށް ކެތްތެރިނުވެވޭނަމަ ކައިވެނި ކާމިޔާބެއް ނުކުރެވޭނެއެވެ.  

މައިންގެ ވާހަކަ މިދެއްކީ ކައިވެނި ރޫޅުމަށްފަހު ގިނައިން ދަރިން ބަލަނީ މައިންކަމަށްވާތީއެވެ. ދަރިން ތިބެނީ މަންމަގެ ގާތުގައިކަމަށްވާތީއެވެ. އެކަނިވެރިއެއްގެ ގޮތުގައި ހުރެ ދަރިން ބަލަމުންދާ ފިރިހެނަކާއި ކައިވެނިކުރަންވާނީވެސް ހަމަ މިބަޔާންކުރި އުޞޫލުންނެވެ. އޭނާ ބަލަމުން އަންނަ ދަރިންނަށް ލޯބިދީ ހެޔޮކޮށް ހިތޭނެ ނަމައެވެ. އަމިއްލަ ދަރިންފަދައިން ލޯބިދީގެން ގެންގުޅެވޭނެ ނަމައެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން