އަނގައިގެ ކެންސަރު ގިނަވަމުން އަންނައިރު ދަތްއުނގުޅައި އަނގަސާފަކުރެވޭކަން ޔަޤީންކުރަމާ! ރަސޫލާ ޞޢވ ކޮންމެ ރެއަކު 3 ފަހަރު ދަތްޕުޅު އުނގުޅުއްވެވިއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
އަނގައިގެ ކެންސަރު ގިނަވަމުން އަންނައިރު ދަތްއުނގުޅައި އަނގަސާފަކުރެވޭކަން ޔަޤީންކުރަމާ! ރަސޫލާ ޞޢވ ކޮންމެ ރެއަކު 3 ފަހަރު ދަތްޕުޅު އުނގުޅުއްވެވިއެވެ!

ކޮންމެ ނަމާދަކަށް ވުޟޫކުރުމުގެ ކުރިން ދަތް އުނގުޅަންޖެހޭނެތޯ؟ 

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބު ތިރީގައިވާ ލިޔުމުން ލިބިލައްވާނެއެވެ. އިން ޝާ ﷲ

އަނގައިގެ ކެންސަރަކީ ދިވެހިންގެ ތެރޭގައި މިހާރު ވަރަށް ޢާންމުކަމެކެވެ. ސާފުތާހިރުކަމަކީ ބަލިތަކުން ދުރުހެލިވުމަށް އޮތް އެންމެ ބޮޑު އެއް ސަބަބެވެ. ވީމާ އަނގައާއި ދަތްތައް ސާފުކުރެވޭ މިންވަރަށް ވިސްނާލަން އެބަޖެހެއެވެ. 

ރަސޫލާ () ކޮންމެ ރެއަކު 3 ފަހަރު ދަތްޕުޅު އުނގުޅުއްވެވިކަމަށް މަކާރިމުލްއަޚްލާޤް ގައި ރިވާ ވެގެންވެއެވެ. އެއީ އަވަހާރަފުޅު ލެއްޕެވުމުގެ ކުރިންނާއި ދަމުނަމާދުކުރެއްވެވުމުގެ ކުރިންނާއި ފަތިސް ނަމާދު ކުރެއްވެވުމުގެ ކުރިންނެވެ. (މަކާރިމުލް އަޚްލާޤް:39) 

ދަތް އުނގުޅުމާއި ބެހޭ ގޮތުން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވެއެވެ. 

"ނަމާދުކުރަންވާނީ ޒީނަތްތެރިވެގެން ހުރެއެވެ. ދަތްވެސް އުނގުޅަންވާނެއެވެ. 

ދަތް ނުއުނގުޅާހުރެ ފަތިސްނަމާދުކުރުމުން ނަމާދު ޞައްހަ ނުވާނެ ކަމަށް ބުނާކަށް ނޭނގެއެވެ. ނަމަވެސް ސަވާބު އުނިވާނެއެވެ."

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ނަމާދަށް ހުންނަ ހުރުމަކީ ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ހުންނަ ހުރުމެކެވެ. ތިމާ އާއި ﷲ ތަޢާލާގެ ޙަޟްރަތާއި އެންމެ ބޮޑަށް ކުއްތަންވެވެނީ ސަޖިދައިގައި އޮންނަ ވަގުތުގައެވެ. އެހެންކަމުން އަނގައިންނާއި ފޭރާމުން އަދި ގައިން ކުނިވަސް ދުވުމަކީ ނަމާދުގެ އަޚްލާޤާއި ޚިލާފް ކަމެއް ކަމަށް ޢިލްމުވެރިން ބަޔާން ކުރައްވައެވެ! ނަމާދުކުރުމަށްޓަކައި ސާފުތާހިރުވެ ހުވަނދުލަނީ މިފަދަ ސަބަބުތަކަށްޓަކައެވެ. 

ޙަދީޘްފުޅުގައި އޮތީ އެކަމަކީ އުންމަތަށް ބުރަކަމަކަށް ނުވާނެ ނަމަ ކޮންމެ ނަމާދަކަށް ދަތް އުނގުޅަން އަމުރުފުޅު ކުރެއްވެވީސް ކަމަށެވެ. 

Use of the siwaak is repeatedly encouraged, as in the hadeeth of Abu Hurayrah (may Allaah be pleased with him), who reported that the Prophet (peace and blessings of Allaah be upon him) said: Were it not for the fact that I did not want to make things too hard for my ummah, I would have commanded them to use the siwaak at every time of prayer.

(Reported by al-Bukhaari, 2/299 and Muslim, 1/151). According to another report narrated by al-Bukhaari, he said: at every time of making wudoo.

 

 

މިއަދު އޮންލައިން