މިހާރަކަށް އައިސް ފާލުބަލާ މީހުން އަންނަނީ ގިނަވަމުންނެވެ. ފާލުބެލުމުގައި މަޝްހޫރު މީހުންނާއި ބައްދަލުކުރަން ބޭރު ޤައުމުތަކަށް އެބަ ދަތުރުވެސް ކުރެއެވެ. އެހެންކަމުން މިކަމަކީ ހޭލުންތެރިކަން އިތުރުކުރަންޖެހިފައިވާ ކަމެކެވެ.
ފުރތަމަ ކަމަކަށް ޣައިބު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ކަން ކޮންމެ މުސްލިމަކުވެސް ޤަބޫލުކުރާނެއެވެ! އެހެންކަމަށްވާއިރު ޣައިބުގައިވާ ކަންކަން އޮޅުންފިލުވަން އުޅުމެއް ނެތެއް ނޫންހެއްޔެވެ؟ ފާލަބެލުމަކީ ނުވަތަ ޣައިބުގައިވާ ކަންކަން އެނގެން މަސައްކަތްކުރުމަކީ ބޮޑުވެގެންވާ ފާފައެއް ކަމާއި އެކަން ކުރާ މީހުން އެކުރަނީ ބޮޑުވެގްންވާ ފާފައެއް ކަމަށް ﷲ ތައާލާ ވަޙީ ކުރައްވަވާފައި އޮތްއިރުވެސް އެކަމަށް ބިރުވެތިވެ ޖެހިލުން ނުވާ ބައަކު އުޅެއެވެ.
އެފަދަ މީހުން ބޭނުންވަނީ އެމީހުން ކުރަން އުޅޭ ކަންކަން ކާމިޔާބުވާނެތޯ ނޫނީ ކޮންމެވެސް ސިހުރެއް ހަދައި އުނދަގޫކުރަނީ ކާކުތޯ ކައިވެނިކުރެވޭނީ ކޮންއިރަކުތޯ މުއްސަންޖަކާއި ކައިވެނިކުރެވޭނެތޯ ފަދަ ކަންކަން ބެލުމަށެވެ.
ޣައިބުގައިވާ ކަންކަން ދެނެވޮޑިގެންވަނީ ﷲ ތައާލާ ކަމާއި ޣައިބުގައިވާ ކަންކަން އެހެން އެއްވެސް ފަރާތަކަށް ނުއެނގޭނެ ކަމާއި މިކަންކަމަށް އީމާންވުމުން ނޫނީ އެމީހާގެ އީމާންކަން ފުރިހަމަ ނުވާނެކަންވެސް އެމީހުންނަށް ނުއެނގޭ ފަދައެވެ! ނުވަތަ ތިމާގެ އީމާންކަން ފުރިހަމަކުރުމަކީ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެއްކަންވެސް ނުވިސްނޭ ފަދައެވެ!
މިފަދަ މީހުންނާއި ސުވާލެއް ކޮށްލަން ބޭނުމެވެ! އެއީ ފާލަބަލާ މީހެއް ގާތަށް ދިއުމުން، އޭނާގެ ބަސް ޤަބޫލުކުރުމުން އޭނާގެ ނަމާދު ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާ 40 ދުވަހުގެ ތެރޭގައި އޭނާ މަރުވެދާނެ ކަމަށްވެސް ހަމަ ބިރު ނުގަންނަނީ ހެއްޔެވެ؟
It is not permissible to go to soothsayers and fortune tellers, because the Prophet (peace and blessings of Allaah be upon him) said: “Whoever goes to a fortune-teller and asks him about something, his prayer will not be accepted for forty nights.” Narrated by Muslim (2230).
"...އަދި ބުދުތަކުގެ ނަންމައްޗަށް ކަތިލާ ތަކެއްޗާއި، أزلام މެދުވެރިކޮށްގެން ތިއަބައިމީހުންގެ ނަޞީބު ހުރިގޮތާއި، ކަންތަކުގެ ރަނގަޅުގޮތް ބަލައިހެދުންވެސް، ތިއަބައިމީހުންގެ މައްޗަށް ޙަރާމް ކުރައްވާފައިވެއެވެ. ފަހެ، އެކަންތައްތަކަކީ، ފާސިޤް ކަންތައްތަކެކެވެ..." (އަލްމާއިދާ: 3)
އިސްވެ ދިއަ އާޔަތުން އެނގިގެންދަނީ ފާލުބެލުމަކީ ކަނޑައެޅިގެން އޮތް ބޮޑުވެގެންވާ ޙަރާމް ކަމެއް ކަމެވެ.
"ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ގާތުގައި ﷲ ގެ ޚަޒާނާތައް ވާކަމަކަށް، ނުވަތަ ތިމަންކަލޭގެފާނަށް ޣައިބު އެނގޭކަމަކަށް ތިއަބައިމީހުންގެ ގާތަކު ތިމަންކަލޭގެފާނު ވިދާޅެއް ނުވަމެވެ. އަދި ތިމަންކަލޭގެފާނީ މަލާއިކަތެކޭވެސް ތިއަބައިމީހުންގެ ގާތަކު ވިދާޅެއްނުވަމެވެ. ތިމަންކަލޭގެފާނަށް ވަޙީ އިއްވަވާގޮތަށް މެނުވީ ތިމަންކަލޭގެފާނު ތަބަޢަވެވަޑައެއް ނުގަންނަވަމެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކަނުމީހަކާ، ލޮލަށްފެންނަ މީހަކާ ހަމަހަމަވާނޭހެއްޔެވެ؟ ފަހެ، ތިއަބައިމީހުން ފިކުރު ނުކުރަނީހެއްޔެވެެ؟" (އަލްއަންޢާމް: 50)
މި އާޔަތުން އެނގިގެން މިދަނީ ޣައިބުގައިވާ ކަންތައްތަކުން ﷲ ތަޢާލާ އަންގަވައިދެއްވެވި ކަމެއް މެނުވީ ރަސޫލް (ޞޢވ) އަށްވެސް އެނގިވަޑައި ނުގަންނަވާ ކަމެވެ. ވީއިރު ފާލުބަލާ މީހާއަށް އެނގޭނީ ކޮން ކަމެއް ހެއްޔެވެ؟ ޣައިބުގައިވާ ކަންކަން އެނގޭ ކަމަށް ބުނެ ޖިންނި ޝައިޠާނުން ހަދަނީ ދޮގެވެ. ބައެއް ފަހަރު ފާލުބަލާ މީހުން ބުނާ ބަސް ތެދުވެސް ވެދާނެއެވެ. އެއްވެސް ކަމެއް ނުދަންނަ މީހުން ކަންކަމުގައި ބުނާ ބަސްވެސް ބައެއް ފަހަރު ތެދުވާ ފަދައިންނެވެ.
އެކަން އަންނަނިވި ޙަދީޘްފުޅުން ސާބިތުވެއެވެ!
Some say: Sometimes what the fortune tellers tell comes true!
One of the companions of the Prophet (PBUH) expressed the same phrase and Prophet (PBUH) gave him the following nice answer:
This word belongs to Jinn. Jinn capture the information and cackle to the ears of their friends as hen cackles. Moreover, they add more than a hundred lies into this information. (Muslim, Salam 123)
ވީމާ ﷲ ތަޢާލާއަށް ބިރުވެތިވާށެވެ.! ތިމާ އާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަން ޖެހޭ ގުޅުން ކަނޑައިނުލާށެވެ! އެގުޅުން އުފެދެނީ ނަމާދުންނެވެ! ވީމާ ނަމާދު ޤަބޫލުފުޅު ނުކުރައްވަވާ ޙާލަތަށް ދިއުމަށް ބިރުވެތިވާށެވެ! އެހާލަތުގައި މަރުވެއްޖެ ނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން