ދެމަފިރިންގެ މެދުގަވިޔަސް ޖެހޭ މައްސަލަތަކުގަ އަވަހަށް ރުޅިއައުމާ ޞުލްޙަނުވެ ލަސްކުރުމުގެ ހުރި ނުބައިކަން- ޙަދީޘުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 5ސ
ދެމަފިރިންގެ މެދުގަވިޔަސް ޖެހޭ މައްސަލަތަކުގަ އަވަހަށް ރުޅިއައުމާ ޞުލްޙަނުވެ ލަސްކުރުމުގެ ހުރި ނުބައިކަން- ޙަދީޘުން

عَنْ أَبِي سَعِيدٍ الْخُدْرِيِّ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّ خَيْرَ الرِّجَالِ مَنْ كَانَ بَطِيءَ الْغَضَبِ سَرِيعَ الرِّضَا وَشَرَّ الرِّجَالِ مَنْ كَانَ سَرِيعَ الْغَضَبِ بَطِيءَ الرِّضَا

11143 مسند أحمد بن حنبل

1604 المحدث السيوطي خلاصة حكم المحدث صحيح في الجامع الصغير 

bu Sa’id al-Khudri reported: The Messenger of Allah, peace and blessings be upon him, said, “Verily, the best of men are slow to anger and quick to be appeased, and the most evil of men are quick to anger and slow to be appeased.”

Source: Musnad Aḥmad 11143

Grade: Sahih (authentic) according to Al-Suyuti  

މާނައީ: "ހަމަކަށަވަރުން މީސްތަކުންގެތެރޭގައިވާ އެންމެ ހެޔޮކަންބޮޑު މީހަކީ ލަހުން ރުޅިއަންނަ އަދި އަވަހަށް ރުހޭމީހާއެވެ. އަދި ހަމަކަށަވަރުން މީސްތަކުންގެތެރޭގައިވާ އެންމެ ނުބައިކަންބޮޑު މީހަކީ އަވަހަށް ރުޅިއަންނަ އަދި ލަހުން ރުހޭމީހާއެވެ." 

މިޙަދީޘްފުޅުގައިވާ އެންމެ ހެޔޮކަން ބޮޑުމީހާ ކަމަށްވެވޭނީ ކަމެއް ދިމާވުމުން ކެތްތެރިވެލައި އަދި ރުޅިއައުމަކީ އެންމެ ފަހުން ކުރާ ކަންތައް ކަމުގައި ހަދައިގެންނެވެ. ދެން އޮތް "އަވަހަށް ރުހުން" އެއީ އަވަހަށް ޞުލްޙަވުމެވެ. ރުޅިއަންނަން ޖެހުނަސް އެކަން އެއީ ބުޑުކަމަކަށް ހަދައި ހަސަދަލައިގެން އުޅުމުގެ ބަދަލުގައި ވީހާ އަވަހަކަށް ދެމީހުން ޞޫލްޙަވުމެވެ. ހިނދުކޮޅަކަށްވެސް މީހަކަށް ހަސަދަލައިގެން ނުހުރުމެވެ. 

އަދި އެންމެ ނުބައިކަން ބޮޑު މީހާކަމަށްވަނީ މިކަންކަމުގެ އިދިކޮޅެވެ. ކަމެއް ދިމާވާއިރަށް އަވަހަށް ރުޅިއަންނަ މީހާއެވެ. އަދި އެމީހަކަށް ޙަސަދަލައި ޞުލްޙަނުވެ ލަސްކުރާ މީހާއެވެ.  

މިއީ ކޮންމެ މީހަކުވެސް ވިސްނަންޖެހޭނެ ކަމެކެވެ. ޚާއްޞަކޮށް ދެމަފިރިން މިކަންކަމަށް ވިސްނަންވާނެއެވެ. އެއިގެ އިތުރުން ޢާއިލާގެ މީހުންނަށްވެސް ވިސްނަންވާނެއެވެ. އަދި އެކުވެރިންނަށްވެސް ވިސްނަންވާނެއެވެ. ޢާންމުކޮށް ހަމައެންމެންނާއިމެދުގައިވެސް ވިސްނަންވާނެއެވެ.  

ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އެމީހަކީ އެންމެ ރަނގަޅު މީހާކަމަށް ބަޔާންކުރައްވަވާފައިވާ ކަންކަމުގައި ހިފަހައްޓަންވާނެއެވެ. އެންމެ ނުބައި މީހުންގެ ތެރޭގައި ނުހިމެނެން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ.  

- ޙަދީޘްގެ މާނަ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  

 

 

މިއަދު އޮންލައިން